ބޭރު ކުޅިވަރު

ޔޫރަޕްގެ ޗެމްޕިއަންކަން ޕޯޗްގަލްއަށް

މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު 15 މިނެޓްގެ ދެ ވަނަ ހާފުގައި ކާމިޔާބު ކުރި ލަނޑުން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ފްރާންސް ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަންކަން ޕޯޗްގަލް ހޯދައިފިއެވެ.

ޔޫރަޕްގެ ޗެމްޕިއަން ކަން ޕޯޗްގަލްއަށް ކާމިޔާބުކޮށްދިން ތާރީހީ ލަނޑު މެޗްގެ 109 ވަނަ މިނެޓްގައި ގައި ކާމިޔާބު ކުރީ އެޑާއެވެ.

މިއީ 41 އަހަރަށްފަހު ފްރާންސްގެ މައްޗަށް ޕޯޗްގަލް ކާމިޔާބު ހޯދި ފުރަތަމަ ފަހަރެވެ.

މިއީ ޔޫރަޕްގެ ތަށި ޕޯޗްގަލް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އެޓީމު ވަނީ މީގެ 12 އހަރު ކުރިން 2004 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ ގެ ފައިނަލްގައި ކުޅެފައެވެ.