ސްރީލަންކާ

ހިޔާނާތުގެ މައްސަލައެއްގައި ނަމާލް ހައްޔަރުކޮށްފި

Jul 11, 2016
1

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި އެވެ. ނަމާލް އަކީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ވެސް މެ އެވެ.

ނަމާލް ހައްޔަރުކޮށް އޭނާ އާއި ސުވާލުކޮށްފައި ވަނީ ބައްޕާފުޅު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލައެއްގަ އެވެ. އެއީ ކްރިސްގެ ކްރައުން ކުންފުނިން ރަގްބީ ތަރައްގީ ކުރަން ދީފައިވާ 70 މިލިއަން ރުޕީސް އަށް ހިޔާނާތްތެރިވެފައިވާ ކަމަށްބުނެ އާންމު ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މިހާތަނަށް ކޮށްފައިވާ ބައެއް ތަހުގީގުތަކުން ދައްކާގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ އަމިއްލަ ބޭންކް އެކައުންޓަކަށް ކަމަށް ސާބިތުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ހައްޔަރު ކުރި ބަމަވެސް މިއަދުގެ ވަގުތެއްގައި ނަމާލް ދޫކޮށްލާނެ ކަމަށްވެ އެވެ. ހިޔާނާތުގެ މައްސަލައެއްގައި މީގެކުރިން ވެސް ނަމާލް ހައްޔަރުކޮށް ބަޔާން ނަގާފައިވެ އެވެ.

ރާޖަޕަކަސަގެ ވެރިކަމުގައި ހިޔާނާތާއި ކޮރަޕްޝަނެގ އެތައް މައްސަލަތަކެއް ހުރި ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް ޝަރީއަތާއި ހަމައަށް ގޮސްފައެއް ނުވެ އެވެ.