ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ރާޖަޕަކަސަގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ. ނަމާލް ހައްޔަރުކޮށްފައިވަނީ ބައްޕާފުޅު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެއް ކަމަށްވާ ކްރިސްގެ ކްރައުން ކުންފުނިން ރަގްބީ ތަރައްގީ ކުރަން ދީފައިވާ 70 މިލިއަން ރުޕީސް އަށް ހިޔާނާތްތެރިވެފައިވާ ކަމަށްބުނެ އާންމު ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ އަކާއި ގުޅިގެން މިއަދު އެވެ.
ލަންކާގެ ފޯޓް މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހި ނަމަވެސް ނަމާލްވަނީ އެކަން ގަބޫލު ނުކޮށްފަ އެވެ.
މިހާތަނަށް ކޮށްފައިވާ ބައެއް ތަހުގީގުތަކުން ދައްކާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ އަމިއްލަ ބޭންކް އެކައުންޓަކަށް ކަމަށް ސާބިތުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ހައްޔަރު ކުރި ބަމަވެސް މިއަދުގެ ވަގުތެއްގައި ނަމާލް ދޫކޮށްލާނެ ކަމަށްވެ އެވެ. ހިޔާނާތުގެ މައްސަލައެއްގައި މީގެ ކުރިން ވެސް ނަމާލް ހައްޔަރުކޮށް ބަޔާން ނަގާފައިވެ އެވެ.
ރާޖަޕަކަސަގެ ވެރިކަމުގައި ހިޔާނާތާއި ކޮރަޕްޝަނެގ އެތައް މައްސަލަތަކެއް ހުރި ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް ޝަރީއަތާއި ހަމައަށް ގޮސްފައެއް ނުވެ އެވެ.