މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދަރިވަރުންގެ ފެންވަރު ބެލުމުގެ އެސެސްމެންޓް ހަދައިފި

Jul 12, 2016

ސްކޫލް ތަކުގެ ގްރޭޑް ހަތަރެއް އަދި ހަތެއްގެ ދަރިވަރުންގެ ފެންވަރު ބެލުމުގެ ގޮތުން ބާއްވާ އެސެސްމަންޓް ޓެސްޓްގައި 112 ސްކޫލަކުން ބައިވެރިވެ، މި އަހަރަށް ކަނޑައަޅާފައި އޮތް ދިވެހި މާއްދާގެ ޓެސްޓް ހަދައިފި އެވެ.

މިފަހަރުގެ އެސެސްމެންޓްގައި 112 ސްކޫލަކުން ދެ ގްރޭޑްގެ 5441 ދަރިވަރުން ޓެސްޓް ހެދި އެވެ. ދަރިވަރުންގެ ފެންވަރު ބަލަން މީގެ އަހަރުތަކެއް ކުރިން ފެށި މި އެސެސްމަންޓަކީ އެ ދެގްރޭޑްގެ ދަރިވަރުން ކުރީ އަހަރުތަކުގެ ކިޔެވުމުގައި ނަތީޖާ ހާސިލުކުރި މިންވަރު ދެނެގަތުމަށް ހަދާ އެސެސްމެންޓެކެވެ. އެކި ފަހަރު ޓެސްޓް ހަދަނީ އެކި މާއްދާއިންނެވެ.

މިދިޔަ އަހަރުވެސް ވަނީ ގްރޭޑް 4 އަދި 7 ދަރިވަރުންނަށް އެސެސްމަންޓް އިމްތިހާނެއް ދީފަ އެވެ. އެފަހަރު ދަރިވަރުން ޓެސްޓް ދިނީ ހިސާބާއި އިނގިރޭސި މާއްދާ އިންނެވެ އެ އެސެސްމެންޓްގެ ރިޕޯޓް މިއަހަރު އިއުލާން ކުރާނެ އެވެ.