މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްއިން ކުޅުދުއްފުށީގައި ވެސް 14 ކޮޓަރީގެ ގެސްޓް ހައުސްއެއް!

Jul 12, 2016
3
  • އިމާރާތް ބަދަލުކޮށް ހަ މަހުން ހުޅުވާނެ
  • އައްޑޫގައި ވެސް މިފަދަ އިމާރާތެއް އަޅާނެ
  • އިތުރު ވަޒީފާތަކެއް އިތުރުވާނެ

އެމްޕީއެލް އިން ހދ. ކުޅުދުއްފުށީގައި ހިންގާ އޮފީސް އިމާރާތެއް 14 ކޮޓަރީގެ ގެސްޓް ހައުސްއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މާލެ ވިޔަފާރި ބަނދަރު ހިންގާ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވިދާޅުވީ އެމްޕީއެލްއިން ހދ. ކުޅުދުއްފުށީގައި ހިންގަމުން ގެންދާ އިމާރާތުގައި 14 ކޮޓަރީގެ ގެސްޓް ހައުސްއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށެވެ.

"ގެސްޓް ހައުސްއެއްގެ ގޮތުގައި އިރާދުކުރެއްވިއްޔާ ހަ މަސް ދުވަހުގެ ހުޅުވިގެންދާނެ،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގެސްޓް ހައުސް ހިންގައި ބަލަހައްޓާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

"ކުޅުދުއްފުށީގައި ވެސް ސްޓާފުން ތިބުމާއެކު އިތުރު އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން އެކަން ކުރަނީ،" ޖުނައިދު ވިދާޅުވި އެވެ.

އެމްޕީއެލް އިން ކުޅުދުއްފުށީގައި 14 ކޮޓަރީގެ ގެސްޓް ހައުސްއެއް ހެދުމުގެ މަސައްކަތް ކުރާއިރު، ސ. ހިތަދޫގައިވެސް 100 އެނދުގެ ގެސްޓް ހައުސްއެއް އެޅުމަށް ނިންމާފައިވާ ކަމަށް ޖުނައިދު ވަނީ ވިދާޅުވެފަ އެވެ. މި އިމާރާތް އަޅަނީ އައްޑޫގެ ދަތުރުފަތުރު ތަރައްގީ ކުރުމާ ދިމާކޮށެވެ.