ފްރާންސްގެ ޒުވާން ޑިފެންޑަރު ސެމިއުލް އުމިޓީ ސްޕޭނުގެ ބާސެލޯނާ އަށް ސޮއިކޮށްފި އެވެ. ފްރާންސްގެ ލިއޯން އަށް ކުޅެމުން އައި ކުޅުންތެރިޔާ ފަސް އަހަރުގެ އެގްރީމަންޓެއްގައި ބާސެލޯނާ އަށް ގަތީ 21 މިލިއަން ޕައުންޑަށެވެ.
އަންނަ ބުރާސްފަތި ދުވަހު އޭނާ މެޑިކަލް ހެދުމަށް ބާސެލޯނާ އަށް ދާނެ އެވެ. އަދި އެއަށްފަހު ޕްރެސްކޮންފަރެސްގައި ބައިވެރިވުމަށްފަހު ބާސެލޯނާގެ ނޯކޭމްޕްގައި އޭނާ ދައްކާލުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވާނެ އެވެ.
އުމުރުން 22 އަހަރުގެ އުމިޓީ އަކީ ޔޫރޯ ފައިނަލުގައި ފްރާންސްގެ ފަހަތް ބެލެހެއްޓި މުހިންމު ޑިފެންޑަރެކެވެ. އޭނާ އެންމެ ފުރަތަމަ ފުރަތަމަ 11 ގައި ކުޅުނީ އައިސްލޭންޑް އަތުން 5-2 އިން ބަލިވި މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ދެއްކި ކުޅުމާއެކު ކޯޗު ޑިޑިއޭ ޑެޝޯން ވަނީ ދެން ކުޅުނު ހުރިހާ މެޗެއްގައި ވެސް ފުރަތަމަ 11 އިން އޭނާ އަށް ފުރުސަތުދީފަ އެވެ.
ލިއޯނަށް 170 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ އުމިޓީ އަކީ އާސީޒަނަށް ބާސެލޯނާ އަށް ގެނައި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގެނެސްފައިވަނީ ވިޔަރެއާލްގެ ޑެނިސް ސުއަރޭޒެވެ.