އިންޑަސްޓްރިއަލް ވިލެޖް

ދިޔަވަމުންދާ ބަނޑު ހުސްކުރެވޭނެ، ހިލަތައް ހުރީ އިންޝުއަކޮށްފައި: އެމްޓީސީސީ

Jul 13, 2016
2

ސިނާއީ އަވަށް ބޭރުގައި ހިލައާއެކު ދިޔަވަމުންދާ ބަނޑުގައި ހުރި ހިލަތައް ހުސްކުރެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔަތު ވިދާޅުވީ އިންޑިޔާއިން ހިލަ ހިފައިގެން ކައިރި ކުރި ވަގުތުން ފެށިގެން ދިޔަވަމުންދަނީ އެ ކުންފުނީގެ ބަނޑެއް ނޫން ކަމާއި، ނަމަވެސް އޭގައިހުރީ އެ ކުންފުނީގެ އެކި މަޝްރޫއުތަކަށް ގެނެސްފައިވާ ހިލަ ކަމަށެވެ.

"ހިލަތައް ވަނީ ވަނީ އިންޝުއަކޮށްފައި. އިރާދަކުރެއްވިއްޔާ އޭގައި ހުރި ހިލަތައް ހުސްކުރެވޭނެ،" ޒިޔަތު ވިދާޅުވި އެވެ.

ނގިފައިވާ ގޮތުގައި އެ ބަނޑަކީ އިންޑިޔާގެ "ހަރީ އެންޑްކޯ" ކުންފުނީގެ އުޅަނދެކެވެ. އޭގައި ގާތްގަނޑަކަށް 3500 މެޓްރިކް ޓަނުގެ ހިލަ އެބަހުއްޓެވެ. އަދި އެ އުޅަނދު މާލެ އައިއިރު ވެސް އޮތީ އެއްފަރާތަށް އަރިވެފަ އެވެ.

ޒިޔަތު ވިދާޅުމީ އޭގައި ހުރި ހިލައިގެ ބޮޑު ބަޔަކީ މާލެއަށް ބޭލުމަށް ހަމަޖެހިފައިވާ އެއްޗިހި ކަމަށެވެ.

މި އުޅަނދުގައި ހުރި ހިލައިގެ ބޮޑު ބަޔަކީ މާލެ އިން ހިއްކުމުން ގެންދާ ސިނާއީ އަވަށުގެ މަސައްކަތައް ގެނެސްފައިވާ ހިލަ އެވެ. އަދި ބާކީހުރި ބައި ގެންދިއުމަށް ހަމަޖެހިފައިވަނީ ތ. ތިމަރަފުއްޓަށެވެ.