އުރީދޫ

ހަތަރު ލައްކަ ރުފިޔާގެ އިނާމު ލިބޭ ކުއިޒެއް އުރީދޫން ފަށައިފި

Jul 13, 2016
1

ހަތަރު ލައްކަ ރުފިޔާގެ އިނާމު ލިބޭ "ސްޕޯޓް ފްރެންޒީ" ކުއިޒެއް އުރީދޫ މޯލްޑިވްސް އިން މިއަދު ފަށައިފި އެވެ.

އުރީދޫން މިއަދުން ފެށިގެން ކުރިއަށް ގެންދާ "ސްޕޯޓް ފްރެންޒީ" ކުއިޒަކީ ތިން މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކުއިޒެކެވެ.

އެސްއެމްއެސް ކޮށްގެން ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކްއިޒްގައި އިނާމު ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތްތަކަށެވެ. ލިބޭ އިނާމުގެ ތެރޭގައި ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލް އަދި އައިފޯން އެސްއީ އާއި ހިލޭ ޑޭޓާ ހިމެނެއެވެ.

މި ކުއިޒުގައި ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއެއްގެ އިތުރުން ކޮންމެ މަހަކު ވެސް ނަސީބުވެރިއަކު ހޮވާ އިނާމު ދޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް ރަނގަޅު ޖަވާބު ދޭ ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބޭނެ އެވެ. ޖަވާބު ނުބައިވި ނަމަވެސް ޖަވާބު ދީފިނަމަ 50 ޕޮއިންޓް ލިބެ އެވެ.

އުރީދޫން ބުނީ ކޮންމެ ދުވަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ބައިވެރިއަކަށް، 500 އެމްބީގެ ޑޭޓާ ލިބޭނެ ކަމަށާއި ކޮންމެ ހަފުތާއެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ނަސީބުވެރިންނަށް އައިފޯން އެސްސީ އެއް ލިބޭނެ ކަމަށެވެ.

މި ކުއިޒުގައި ބައިވެރިވެވޭނީ "ގޯ" ޖެހުމަށްފަހު 4242 އަށް މެސެޖުކޮށްގެންނެވެ.