ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ: މޯލްޑިވިއަން އިން ވެސް ހިލޭ ޓިކެޓް

Jul 14, 2016

އަންނަ މަހު ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ގައި ގުރުއަތެއް ނަގައިގެން، މޯލްޑިވިއަން އިން ބޭރަށް ދަތުރުކުރާ ކޮންމެ ވެސް އެއް މަންޒިލަށް ހިލޭ ޓިކެޓެއް ދޭން ނިންމައިފި އެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ" ބާއްވާ ހައިރައިޒް އިން ބުނީ މޯލްޑިވިއަން އިން ދަތުރުކުރާ ޗައިނާ އާއި ބެންކޮކް ނޫން ކޮންމެވެސް އެއް މަންޒިލަކަށް ޓިކެޓެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި މި ޓިކެޓްގެ ގުރުއަތު ނެގުން ފެއާގެ ކޮންމެ ރެއެއް ނިމުނުން އޮންނާނެ ކަމަށެވެ.

"ވެކޭޝަންސް އެކްސްޕޯ" ބާއްވަނީ އަންނަ މަހުގެ 4 އިން 6 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ. ފެއާއަށް ޒިޔާރަތް ކުރާ މީހުންނަށް ކޮންމެރެއަކު ވެސް ހާއްސަ ގިނަ އިނާމުތަކެއް ކަނޑައަޅާފައިވެ އެވެ. މި ފެއާއަކީ ޗުއްޓީ ރާވާ އިންތިޒާމު ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ.

ފެއާގެ ޕާޓްނަރުންގެ ތެރޭގައި:

  • - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • - ޓީވީ ޕާޓްނަރު ޕީއެސްއެމް
  • - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • - ޕްރައިޒް ޕާޓްނަރު މުސައްފިރީން
  • - ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން ނިއުސް މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. އަދި މި ފެއާއަކީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ ލޭމް އަދި ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އަދި އެމްއެމްޕީއާރްސީން އެންޑޯސްކޮށްފައިވާ ފެއާ އެވެ.