ހަބަރު

ކަމަދޫ ކައުންސިލްގެ ރައީސް ކަމަށް ޕީޕީއެމްގެ މެންބަރު

Jul 14, 2016

ބ. އަތޮޅު ކަމަދޫ ކައުންސިލްގެ ރައީސް ކަމަށް އަހުމަދު ރިލްވާން އިންތިހާބު ވެއްޖެ އެވެ. ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި، އަލީ އިސްމާއީލް ކައުންސިލް މެންބަރުންކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކަމަދޫ ކައުންސިލުން ބުނީ، އަލީ އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ކައުންސިލްގެ ރައީސްގެ މަގާމަށް މެންބަރަކު ހޮވުމަށްޓަކައި އިއްޔެ ބޭއްވި ކަމަދޫ ކައުންސިލްގެ 93 ވަނަ ޖަލްސާއިން ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކައުންސިލްގެ މެންބަރު އަހުމަދު ރިލްވާން އިންތިހާބު ކޮށްފައިވާ ކަމަށެވެ.

އަހުމަދު ރިލްވާން ރައީސް ކަމަށް އިންތިހާބު ކުރީ ޖަލްސާގައި ބައިވެރިވި ހަތަރު މެންބަރުންގެ އަގްލަބިއްޔަތުންނެވެ. ރިލްވާނަކީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެވެ. މިއީ އެ ކައުންސިލްގެ ދެވަނަ ދައުރުގައި ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވާ ތިންވަނަ ބޭފުޅާ އެވެ.