ފެނާއި ނަރުދަމާގެ ނިޒާމް

ފެނާއި ނަރުދަމާތަކުގެ އީއައިއޭ ހަދައިދޭނެ ފަރާތެއް އަލުން ހޯދަނީ

Jul 14, 2016

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއިން ޑިޒައިން ކުރަމުންދާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ އީއައިއޭ ރިޕޯޓު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އަލުން މި އިއުލާންކޮށްފައިވަނީ ކުރިން ކުރި އިއުލާނާ ގުޅިގެން އެކަމަށް އެކަށީގެންވާވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމުގެ ސަބަބުންނެވެ.

މިނިސްޓްރީ މިއަދު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތުގެ ބޭނުމަކީ އީއައިއޭ ސްކޯޕިންއަށް އެޕްލިކޭޝަން ހުށަހެޅުމާއި، އީއައިއޭ ސްކޯޕިން މީޓިންގައި ފާހަގަކުރާ ކަންތަކަށް ރިއާޔަތްކޮށް ސާވޭ މަސައްކަތްތައް ކުރުމާއި، އީއައިއޭ ތައްޔާރު ކުރުމާއި، އީއައިއޭ ރިވިއުއާސް ކުރާ ސުވާލުތަކަށް ޖަވާބުދާރީވުން ކަމަށެވެ.

އީއައިއޭ ރިޕޯޓް ތައްޔާކުރަންވާނީ އެންވަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއން ތަންފީޒުކުރުމުންދާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އެއްގޮތަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިޔާ ފަރާތަކަށް ބިޑް ހުށަހެޅުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.