ރާއްޖެ ކުޅިވަރު

އުމޭރުގެ ދެ ލަނޑުން މާޒިޔާ ފަރަގު ބޮޑުކޮށްފި

މުހައްމަދު އުމޭރުގެ ކާމިޔާބު ކުރި ދެލަނޑުން ޓީސީ ސްޕޯޓްސްގެ މައްޗަށް 2-1 އިން ކާމިޔާބު ހޯދައި ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް މާޒިޔާއިން ނަގައިފިއެވެ.

މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އުމޭރު ލަނޑު ޖަހާފައި އޮއްވާ އަލީ ފާސިރު (ސެންޓޭ)ގެ ހިލޭޖެމަކުން ޖަހައިދިން ހިތްގައިމު ލަނޑުން ޓީސީ އެއްވަރުކޮށްދިންތާ މާގިނަ އިރުތަކެއް ނުވެ އުމޭރު އޭނާގެ ދެ ވަނަ ލަނޑު ޖެހީ ހިލޭޖެހުމަކުންނެވެ. މިމޮޅާއެކު މާޒިޔާ އެއް ވަނައިގައި އޮތީ 17 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް އީގަލްސްއަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

މާދަމާ ރޭ ޔުނައިޓޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އީގަލްސްއަށް އަނެއްކާވެސް މާޒިޔާއާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެއެވެ.

ލީގްގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ލީގްގެ ހަތަރު ވަނައިގައި އޮތް ވެލެންސިއާއާއި ފުލިގައި އޮތް ބީޖީއެވެ.