ހަބަރު

ކައުންސިލް އިންތިހާބުތައް ބާއްވަން ކައުންސިލްތަކުގެ އެހީ ހޯދަނީ

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުތަކުގައި އިލެކްޝަން ކޮމިޝަން (އީސީ)އަށް އެހީތެރިވާން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ އެކު މިއަދު އެއްބަސްވެއްޖެ އެވެ.

މިއަދު އީސީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ވިދާޅުވީ އެލްޖީއޭއާއެކު އެއްބަސްވުމަކަށް އަންނަނީ ކުރިޔަށް އޮތް އަހަރުގެ ކައުންސިލްތަކުގެ އިންތިހާބު އަދި ދެން އަންނަން އޮތް އިންތިހާބުތަކުގައި ވެސް އެކޮމިޝަނަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ސުލައިމާން ވިދާޅުވި އެވެ.

"ކައުންސިލްތަކުގެ އެހީތެރިކަން ހޯދުމަކީ އެތަނުގައި ތިބޭ ސިޔާސީ ފަރާތްތަކުގެ އެހީ ހޯދުމެއް ނޫން. އަޅުގަނޑުމެންގެ އިންތިހާބުތަކުގައި އިސްކޮށް ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ގޮތަށް ކައުންސިލްތަކުގެ އެހީގައި މަސައްކަތް ކުރައްވާނީ ޒިންމާދާރު ވެރިޔާގެ މައްސޫލިއްޔާތު އުފުލާ ފަރާތް. އެކަހަލަ ފުށުއެރުން ނާރާ ކަހަލަ ގޮތަކަށް މިއެއްބަސް ވުމުގެ ދަށުން އިންތިހާބު ބައްޓަން ވެގެންދާނެ،" ސުލައިމާން ވިދާޅުވި އެވެ.

ސުލައިމާން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިލެކްޝަންއާ ކުރާ ފައިސާގެ މުއާމަލާތުތައް ކުރަން ޖެހޭނީ ކައުންސިލްތަކުގެ އެކައުންޓު މެދުވެރިކޮށްގެން ކަމަށެވެ. އަދި އެފަދަ މަސައްކަތްވެސް އުސޫލެއްގެ ތެރެއިން ބައްޓަން ކުރެވިގެންދާނެ ކަމަށް ސުލައިމާން ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެއްބާރުލުން ދޭން އެއްބަސްވެފައިވާ އިރު އެމްޑީއޭއަށް ނިސްބަތްވާ މެންބަރު އާމިރު ވަނީ ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަން އިސްލާހެއް މަޖިލީހަށް ވައްދައިފައެވެ