ފިނިޕޭޖް

ޕްރިޔަންކާގެ އުފަން ދުވަހަށް މިފަހަރު ސުނީތާގެ ތަފާތު ހަދިޔާއެއް!

Jul 18, 2016
3
0%
0%
0%

ނެށުންތެރިއެއްގެ ގޮތުގައި ފިލްމީ ދާއިރާއަށް މަޝްހޫރު ސުނީތާ އަލީ އަށް ބޮލީވުޑްގެ މަޝްހޫރު، ތަރި ޕްރިޔަންކާ ޗޯޕްރާ އަކީ އެއް ނަމްބަރު ފޭން އެވެ. ޕްރިޔަންކާގެ ކޮންމެ އުފަން ދުވަހަކަށާއި އެހެން ވެސް ހާއްސަ ދުވަސްތަކަށް ޓްރިބިއުޓްތައް ހަދައި އޭނާ އަންނަނީ ޕްރިޔަންކާއަށް ހަދިޔާކުރަމުންނެވެ.

ޕްރިޔަންކާގެ 34 ވަނަ އުފަން ދުވަސް އޭނާ ފާހަގަ ކުރަމުން އަންނަ އިރު، ސުނީތާ މިވަނީ ޕްރިޔަންކާއަށް ހާއްސަ ޓްރިބިއުޓެއް ދީފަ އެވެ. އެހެން ފަހަރުތަކުގައި ޓްރިބިއުޓްތަކާ ސުނީގެ މިފަހަރުގެ ޓްރިބިއުޓް ވަރަށްވެސް ތަފާތެވެ. މިފަހަރުގެ ޓްރިބިއުޓްގައި ޕީސީ އަށް ލަވައެއް ކިޔައިދީފައިވަނީ ހަމަ ސީދާ ސުނީގެ އެ އަޑުންނެވެ.

އެންމެ ފުރަތަމަ ވީޑިއޯ ފެށިގެންދަނީ ސުނީގެ ހާއްސަ މެސެޖަކުންނެވެ. އެއަށްފަހު ޕްރިޔަންކާގެ އެންމެ ތުއްތު އިރުން ފެށިގެން މިހާރާ ހަމައަށް އެކި އުމުރުގެ ފޮޓޯތައް ދައްކާލަ އެވެ. ދެން ފެނިގެންދަނީ ޕްރިޔަންކާގެ ފޮޓޯތަކުން ޒީނަތްތެރިކޮށްފައި ހުރި ސެޓެއްގައި ހުރެ ސުނީ ޕްރިޔަންކާއަށް ލަވަކިޔައިދޭ މަންޒަރެވެ. ސުނީގެ އަޑުން ލަވަ ކިޔުމުގެ އިތުރަށް އެންމެ ހާއްސަ ކަމަކީ މިއީ ހިންދީ ލަވަޔަކަށް ވުމެވެ. ޕްރިޔަންކާގެ މި އުފަން ދުވަހަށް ސުނީ ކިޔައިދެނީ "ބާރު ބާރު ޔޭ ދިން އާއޭ" މި ލަވަ އެވެ.

އޭގެ ފަހުގައި ސުނީތާގެ އަޑުން ޕްރިޔަންކާ އަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަ އެވެ. ދެން އޮތީ އެންމެތަފާތު ކަމެވެ. ރާއްޖޭގައި ތިބި ބައެއް ޕޮލިޓީޝަނުންނާއި، ޓީވީ ޕްރެޒެންޓަރުން އަދި ފިލްމީ ތަރިންނާއި ޕްރިޔަންކާއަށް ސަޕޯޓުކުރާ އެތައް ބަޔަކު އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާ މަންޒަރު ވީޑީއޯ އިން ދައްކާލަ އެވެ. އޭގެ ތެރޭގައި މާރިޔާ އަހްމަދު ދީދީ، ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަދި ދިވެހި ފިލްމް އިންޑަސްޓްރީގެ ބަތޮލުން ކަމަށްވާ، މުހައްމަދު މަނިކު، އަހްމަދު ސައީދު އަދި ޝީލާ ނަޖީބުވެސް ޕްރިޔަންކާއަށް އުފަން ދުވަހުގެ ތަހުނިޔާކިޔަ އެވެ. އަދި ރާއްޖޭގައި ތިބި ޕްރިޔަންކާއަށް ސަޕޯޓުކުރާ ޒުވާނުންނާއި ކުޑަކުދިން އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަނީ ހަމަ މި ވީޑިއޯ މެދުވެރިކޮށެވެ.

މިފަހަރުގެ ޓްރިބިއުޓްގައި ސުނީތާ މިވަނީ އޭނާ ފަދައިން ޕްރިޔަންކާއަށް ތާއިދުކޮށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީފަ އެވެ. ސުނީގެ މި ފަހަރުގެ ވީޑިއޯ ވަރަށް ތަފާތެވެ. ކޮންމެހެންވެސް ބަލައިލަން ވާނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޟޯނިޔާ

ސާބަހޭ ސުނީ ♡♡♡♡♡ ތީ ހަމަ ދިވެހި ދިވެހި ލޭ ހުރި ދަރިޔެއް

ީިސުނީ

އައިލަވްމައި ޕީސީ ކުރިން ނައު އައި އޮންްލީ ލަވް މައިފޯން

ޕީސީ

ސާބަހޭ ސުނީތާ ތިޔަ ކުރާ ހިތްވަރަށް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345