ރާއްޖެ ކުޅިވަރު

ޒުވާން ދެ ކުޅުންތެރިން ތަމްރީން ދަތުރެއްގައި ޕޮލެންޑަށް

ހުޅުމާލޭ ސްޕޯޓްސް ސްކޫލް އެކެޑަމީގައި ތަމްރީން ހަދަމުންދާ ދެ ކުޅުންތެރިޔަކަށް ޕޮލެންޑްގައި އޮންނަ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިއްޖެއެވެ.

ޔޫސުފް ޝާފިފް އާއި މުހައްމަދު އުނައިސް ބިން ނޫހްއަކީ ފުޓްބޯޅައިގެ ހުނަރުވެރި ދެކުޅުންތެރިންނެވެ. އެ ދެކުޅުންތެރިންނަށް މިފުރުސަތު ލިބިފައިވަނީ، އެ އެކެޑެމީގެ ކޯޗެއް ކަމަށްވާ ޕޮލެންޑްގެ ސަބެސްޓިއަން ޖެޒްފޯވިސްކީ، ހުޅުމާލޭ ސްޕޯޓްސް ސްކޫލްގައި ތަމްރީން ހަދަމުންދާ ކުޅުންތެރިންގެ ތެރެއިން، އެންމެ ހުނަރުވެރި 11 ކުޅުންތެރިން ނެގުމަށްފަހު، ވާދަވެރި މެޗްތަކެއް ކުޅުމަށް އެމެޗްތަކުން އެންމެ ފާހަގަ ކުރެވޭ ދެ ކުޅުންތެރިން ކަމަށް ވުމުންނެވެ.

ނަމަވެސް ޕޮލެންޑްގެ ޓްރެއިނިން ޕްރޮގްރާމްތަކުން ފުރުސަތު ލިބުނު ކަމުގައިވިޔަސް ޔޫސުފްއާއި އުނައިސް އަށް އެންމެ ފުރަތަމަ ދިމާވި ހުރަހަކި އެ ދެކުޅުންތެރިންނާއި އެކެޑެމީގެ ދެ އޮފިޝަލުންނަށް ޕޮލެންޑަށް ދާނެ ޓީކެޓް ހަމަޖެހިފައި ނުވުމެވެ. ނަމަވެސް ދެކޮޅު ޓިކެޓް ހަމަޖެހި ފެށޭ މަހު ޔޫސުފްއާއި އުނައިސްވެސް ވަނީ ފުރަން ތައްޔާރުވެފައެވެ.

"އަޅުގަނޑުމެންނަށް ހޯދީ ޓީކެޓް ދެން ހުރި ހުރިހާ ކަމެއް ޕޮލެންޑްގެ ހުރުމާއި ކެއުމާއި ތަންތަނަށް ވިސިޓްކުރުމުގެ ހަރަދު އެކޮޅުން ދޭނެ. " ސްޕޯޓްސް ސްކޫލްގެ ކޯޗް އަދި ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ނިމާލް ވިދާޅުވިއެވެ.

ޓްރެއިނިން ޕްރޮގްރާމްގައި ހިމެނެނީ ކޮންކަމެއް

އޯގަސްޓް މަހަށް ތާވަލުކޮށްފައިވާ މިދަތުރުގައި، ޕޮލެންޑްގެ މަޝްހޫރު ފުޓްބޯޅަ ދެ އެކެޑެމީ ކަމަށްވާ ކޮންކޯރިޑާ އެލްބްލޭގް އެކެޑެމީއާއި އޮލިމްޕިއާ އެލްބްލޭގް ފުޓްބޯޅަ އެކެޑެމީގައި ޓްރެއިނިން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ޔޫސުފްއާއި އުނައިސްއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗްތައް ކުޅުނު އެނަޖާ ގަޑާންސްކް އަށް ޒިޔާރަތް ކުރުމާއި، އެގަމުގައި ކުޅޭ ޕްރޮފިޝަނަލް ލީގެއްގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ އޭޝިޔާއަށް ނިސްބަތްވާ ކޮންމެ ފުޓްބޯޅަ ކުޅުންތެރިޔަކުވެސް ދެކޭނެ ހުވަފެނެކެވެ. ޔޫރަޕްގެ ފޫޓްބޯޅަ އެކެޑެމީއަކުން ޓްރެއިން ފުރިހަމަ ކުރުމުގެ ފުރުސަތެވެ. ޔޫސުފްއާއި އުނައިސްގެ ހުނަރުވެރިކަން ފެނި އެ ދެކުޅުންތެރިންނަށް މިވަނީ އެ ފުރުސަތު ލިބިފައެވެ.

މިދަތުރުގައި ދިއުމަށް ސްޕޯޓްސް ސްކޫލުން، ބެލެނިވެރިންނާއި މަޝްވަރާ ކުރުމަށްފަހު، ނިންމާފައިވަނީ އުނައިސްއާއި ޔޫސްފުގެ އިތުރުން އެކެޑެމީގެ ފަރާތުން މީހަކާއި ބެލެނިވެރިންގެ ފަރާތުން މީހެކެވެ. އެއީ އެކެޑެމީގެ ޓެކްނިކަލް ޑައިރެކްޓާ ނިމާލްއާއި ބެލެނިވެރިންގެ ފަރާތުން ޑރ. އިޝްފާގް އަހްމަދެވެ.

މިދަތުރުން ނިމާލްވެސް ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ލިބިފައެވެ. އެއީ ދެ އެކެޑެމީގެ ކޯޗުންނާއެކު ތަމްރީން ތަކުގައި ބައިވެރިވުމެވެ. މީގެ ފައިދާ ހުޅުމާލޭ ސްޕޯޓްސް ސްކޫލްގައި ތަމްރީން ހަދާ ކޮންމެ ކުޅުންތެރިޔަކަށްވެސް ކުރާނެއެވެ.

މިދަތުރުން ދެން ފަހިވާނީ ކޮންކަމެއް

މިދަތުރަށް ފަހު ހުޅުމާލޭ ސްޕޯޓްސް ސްކޫލަށް އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ. އެގޮތުން އަންނަ އަހަރު ޕޮލެންޑަށް 14 ކުޅުންތެރިން ގެންދިއުމުގެ ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށް ނިމަލް ވިދާޅުވިއެވެ.

"މިއަހަރުގެ ފުރުސަތު ބޭނުން ހިފިއްޖެނަމަ، ވަރަށް ބޮޑަށް ފުރުސަތު ތަނަވަސްވުން އެކަށީގެންވޭ އަންނަ އަހަރު ދާ ކުޅުންތެރިންގެ އަދަދު އިތުރުވުން. އަންނަ އަހަރު 12 ކުޅުންތެރިން އިރާދަ ކުރެއްވިއްޔާ ފުރުސަތު ލިބޭނެ. އޭރުން އަޅުގަނޑުމެންނަށް އެގެންދެވެނީ ޓީމެއް. އޭރުން މެޗްތަކެއް ކުޅުމުގެ ފުރުސަތުވެސް ތަނަވަސް ވާނެ" ނިމާލް ވިދާޅުވިއެވެ.

މިދަތުރުން ދެން ފަހިވާނީ ކޮންކަމެއް ދިވެހި ފުޓްބޯޅައަށް ލިބޭ ކުރިއެރުމަކަށް ވާނެ ކަން ޔަގީނެވެ. އަދި މިފުރުސަތު ލިބޭ ކުޅުންތެރިންގެ ހުނަރު ތަރައްގީވެ ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިގައި ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިފަދަ ޓީމެއް ކޮންމެ އަހަރަކު ގެންދިއުމުގެ ފުރުސަތު ލިބި މެޗްތަކެއް ކުޅުމުގެ ފުރުސަތު ލިބުމަކީ