ބޭރު ކުޅިވަރު

ބަޔާން އާއި ޝަކްޓާ އެއްވަރު

ޗެމްޕިއަންސްސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޔޫކްރޭންގެ ޝަކްޓާ ޑޮނެޓްސްކް އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެެއްޖެ އެވެ.

ޔޫކްރޭންގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ބަޔާންގެ ސްޕެއިން މިޑްފީލްޑަރު ޒަބީ އަލޮންސޯ އަށް ރަތްކާޑު ދެއްކުމުން، ބަޔާން މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ. ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި އަލޮންސޯ އަށް ރަތްކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވެގެންނެވެ.

ދެ ޓީމަށް ވެސް މާ ގިނަ ފުރުސަތުތަކެއް ތަނަވަސްނުކުރެވުނު މެޗުގައި ޖުމްލަ 35 ފައުލް ކުރި އެވެ. އަދި ޖުމަލް ހަތް ރީީނދޫ ކާޑު ފެނިގެންދިޔަ އެވެ. ދެ ޓީމަށް ވެސް މެޗުގައި ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ޝޮޓެކެވެ.

މެޗަށް ފަހު ބަޔާން ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗުން ބަޔާން އަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަަށެވެ.

"އަހަރެމެންނަށް ގިނަ ފުރުސަތުތައް ލިބުނީ. ޝަކްޓާއަކަށް ނުލިބޭ. ދިހަ ކުޅުންތެރިންނާއެކު ކުޅެން އުނދަގޫވާނޭ. މެޗު ކޮންޓުރޯލް ކުރި ނަަމަވެސް އަހަރެމެންނަށް މާ ގިނަ ފުރުސަތަކެއް އުފެއްދޭ ގޮތެއް ނުވި. އަަހަރެމެންގެ ދެން ޖެހޭނީ ދެވަނަ ލެގުން މޮޅުވާން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި،" ގާޑިއޯލާ ބުންޏެވެ.

ބަޔާންގެ ކޯޗު މިކެއާ ލުކެސްކޫ ބުނީ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ލުކެސްކޫ ވަނީ ބަޔާންގެ ކުޅުމަށް ފާޑުކިޔައިފަ އެވެ.

"އަހަރެމެން އެޓޭކަށް އަރާ ކޮންމެ ފަހަރކު ވެސް ބަޔާން އިން ބަލަނީ ފައުލްކޮށްގެން އެކަން ހުއްޓުވަން،" ލުކެސްކޫ ބުންޏެވެ. -- ބީީބީސީ