ބޭރު ކުޅިވަރު

ރޮނާލްޑޯ އޭނާގެ ނަމުގައި އަމިއްލަ ހޮޓަލެއް ހުޅުވައިފި

Jul 24, 2016
3

ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަމިއްލަ ނަމުގައި، އުފަން ރަށް މެޑީރިއާގައި ހޮޓަލެއް ހުޅުވައިފި އެވެ.

ސާޅިސް އަށް ކޮޓަރީގެ މި ހޮޓެލްގެ ނަމަކީ 'އެލްޕެސްޓާނާ ސީއާރް ސެވަން' އެވެ. މިހޮޓަލުގެ މަސައްކަތް ކޮށްފައިވަނީ ޕޯޗްގަލްގެ ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 'ޑިއަނޯސިއޯ ޕެސްޓާނާ' ގުރޫޕެވެ. ހޮޓާ ހިންގުމުގެ މަސައްކަތްވެސް ކުރާނީ އެގުރޫޕުންނެވެ.

ރޮނާލްޑޯގެ މިހޮޓަލްގެ ކޮންމެ ކޮޓަރިއެއްގައި އެޕަލް ޓީވީއަކާއި ޕްލޭސްޓޭޝަން 4 ވެސް ވަނީ ބަހައްޓާފަ އެވެ.

"އަހަރެންގެ ހަޔާތުގެ ކުރީ ކޮޅަކީ އެއްވެސް ކަމެއް ފަސޭހަކޮށް ދިޔަ ދުވަސް ވަރެއް ނޫން. މި، (ހޮޓަލަކީ) އަހަރެންގެ އައިޑެންޓިޓީ، މީ ވަރަށް އުފާވެރި ދުވަހެއް" ރޮނާލްޑޯ ބުންޏެވެ.

މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗްގަލްއަށް ކާމިޔާބު ކޮށްދިނުމުން އޭނާގެ ޝަރަފުގައި ރޮނާލްޑޯ ނިސްބަތްވާ މެޑިރީއާގެ އިންޓަނޭޝަނަލް އެއާޕޯޓް، ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމަށް ބަދަލު ކުރުމަށް މެޑީރިއާގެ ސަރހައްދީ ސަރުކާރުން ވަނީ ނިންމާފަ އެވެ.