ކޮސްރާއީ ނޯޝިލިއާ ރިސޯޓަކީ އޮސްޓްރޭލިއާގެ ކައިރީގައި އޮންނަ މައިކްރޮނޭޝިއާ އަށް ނިސްބަތްވާ ރިސޯޓެކެވެ. މި ރިސޯޓަކީ އޮސްޓްރޭލިއާގެ ދެމަފިރިއެއް ހިންގަމުން އަންނަތާ އެތައް ޒަމާންތަކެއްވެފައިވާ ރިސޯޓެކެވެ.
މި ރިސޯޓު ހިންގަމުންދާ ދެމަފިރިން މިހާރު ދަނީ މި ރިސޯޓު އެހެން ބައެއްގެ މައްޗަށް ދޫކޮށްލާ އެ ރިސޯޓުގެ މިލްކުވެރިކަން ދޫކޮށްލުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެ ދެމަފިރިން އެ ރިސޯޓު ވިއްކާލާކަށް ބޭނުމެއް ނުވެ އެވެ. ދުނިޔޭގެ އެތައް ހާސް މުއްސަނދި ވިޔަފާރިވެރިން ކަޅި އަޅާ އެއް މަންޒިލް ކަމުގައި އެ ރިސޯޓު ވާނެ އެވެ. އެހެން ކަމުން އެދެމަފިރިން މިހާރު ތައްޔާރުވަމުންދަނީ އެ ރިސޯޓު ބޭނުންވާ ހުރިހާ ފަރާތެއްގެ މެދުގައި ގުރެއް ނެގުމަށެވެ. ރިސޯޓު ލިބޭނީ އެ ގުރުން ހޮވޭ ނަސީބުވެރި އަކަށެވެ.
މި ގުރުއަތުގައި ބައިވެރިވާން ބޭނުންވެގެން 150 ގައުމަކުން 53،000 މީހުންވަނީ ޓިކެޓް ގަނެފަ އެވެ. ގުރުގައި ބައިވެރިވާން ގަންނަން ޖެހޭ ޓިކެޓެއްގެ އަގަކީ 49 ޑޮލަރެވެ.
ސޯޅަ އެނދުގެ ކޮސްރާއީ ރިސޯޓަކީ 1994 ވަނަ އަހަރު ޑަފް ބެއިޓްޒްގެ ދެމަފިރިން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެދެމަފިރިން އެ ރިސޯޓު އެހެން ބަޔަކަށް ދޭން ނިންމީ އެމީހުންގެ ރަށް ކްއީންސް ލޭންޑަށް މާމަ ދަރިންގެ ކައިރިއަށް ބަދަލުވުމަށެވެ. އެރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަކީ 16 އެވެ.
މެކްރޮނޭޝިޔާގެ ދެވަނަ އަށް އެންމެ ބޮޑު ރަށް ކަމަށްވާ ކޮސްރާއީ އަކީ އާބާދީގައި 6،000 މީހުން ދިރިއުޅޭ ރަށެކެވެ. އެރަށަށް ގުއާމް އަދި ހަވާއީ އިން ޑައިރެކްޓް ފްލައިޓްތައް އޮވެ އެވެ.
"އަހަރުމެން މި ރިސޯޓު ހިންގަނީ ވަރަށް ބުރަ މަސައްކަތް ކޮށްގެން. މިހާރު ބޭނުންވަނީ އެފަދަ ފުރުސަތެއް ޒުވާން އެހެން ދެމަފިރިއަކަށް ދޭން. އެކަމަކު މި ރިސޯޓު އަހަރުމެން ވިއްކާލާކަށް ބޭނުމެއް ނޫން. ހިލޭ ދޫކޮށްލާނީ. ލިބޭ ބަޔަކަށް ހިންހަމަ ޖެހިގެން ކުރެވޭނީވެސް އޭރުންތާ" ޑަފް ބުނެފައިވެ އެވެ
މި ރިސޯޓު ހަވާލު ކުރާނެ ފަރާތެއް ހޮވުމަށް، ގުރު ނަގާނީ އަންނަ އަންގާރަ ދުވަހެވެ.