ބޭރު ކުޅިވަރު

އިންފެންޓީނޯވެސް ފީފާގެ ގަވައިދާ ހިލާފް ވެއްޖެ، މައްސަލަ ތަހްގީގު ކުރަނީ

Jul 24, 2016

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ކަމާ މިއަހަރު ފެބްރުއަރީ މަހު ހަވާލުވި ހޮލެންޑްގެ ޖިއާނީ އިންފެންޓީނޯވެސް ފީފާގެ އަސާސީ ގަވާއިދާ ހިލާފް ވުމުން މައްސަލަ ބަލަން ފަށައިފި އެވެ.

ފީފާގެ އަސާސީ ގަވާއިދާ ހިލާފަށް ވޯލްޑްކަޕް ބިޑްކޮށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތުތަކާ ގުޅިގެން ފީފާގެ ރައީސް ކަމުން ދުރުކުރި ސެޕް ބްލެޓާއަށް ފަހު މަގާމާ ހަވާލުވި އިންފެންޓީނޯގެ މައްސަލަ ހޫނުވީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔޫއެފްއާގެ އިންތިހާބުގައި ވަކި މީހަކަށް ތާއީދު ކުރާ ކަން ހާމަ ކުރުމުންނެވެ.

ފީފާގެ އަސާސީ ގަވާއިދުގައިވާ ގޮތުން ފީފާގެ ރައީސް އާއި އެކްސްކޯ މެންބަރުން އެހެން އެސޯސިއޭޝަނެއްގެ އިންތިހާބުގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކަށް ތާއީދު ކުރުމަކީ މަނާ ކަމެކެވެ.

ހޮލެންޑްގެ ދުވަހު ނޫހެއް ކަމަށްވާ ވޮލްކްސްރޭންޓް ގައި ބުނެފައިވަނީ ޔޫއެފްއާގެ އިންތިހާބުގައި ވާދަ ކުރާ ސޮލަވޭނިއާގެ އެލެގްޒެންޑާ ކެފްރިންއަށް ތާއީދު ކުރާކަން އޭނާ ހާމަކޮށްފައިވެ އެވެ.

އިންފެންޓީނޯއާ މެދު ފެންމަތިވި މައްސަލައަކީ ޒަމާނުންސުރެ ފީފާގެ އެތެރެއިން ފެންނަމުންދާ އެ އިދާރާގެ މޫނު މަތި "ހަޑި ކޮށްދޭ މަަންޒަރު" އަނެއްކާ ވެސް ތަކުރާރުވުމެވެ.