ގައުމީ ފުޓްބޯޅަ ޓީީމްގެ ކޯޗަކަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރެއް ކަމަށްވާ ޑާރެން ސްޓެވާޓް ހަމަޖައްސައި އަންނަ މަހު އޭނާ މާލެ އަންނާނެ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ސްޓެވާޓް ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމަށް 1992 ވަނަ އަހަރު ކުޅެފަ އެވެ.
ސިންގަޕޫރުގައި ދިރިއުޅެމުންދާ ސްޓޭވާޓް ކޯޗިން ކެރިއަރުގައި އޭނާ ވަނީ ސިންގަޕޫރު ލީގްގެ ތިން ޓީމަކަށް ކޯޗްކޮށްދީފަ އެވެ. އޭނާ ވަނީ 2013 ވަނަ އަހަރު ބެލަސްޓިއާ ކަލްސާއަށް އެސްލީގް ކަމިޔަބުކޮށްދީފަ އެވެ.
ސްޓެވާޓް އެންމެ ފަހުން ކޯޗްކޮށްދީފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ ވްޑްލޭންޑް ވެލިންގްޓަނަށެވެ.
އެފްއޭއެމްގެ ޓެކްނިކަލްޑައިރެކްޓާ މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ސްޓޭވާޓަކީ އޭޝިއާގެ ފުޓްބޯޅަ ދަންނަ ރާއްޖޭގެ ފުޓްބޯޅައަށް އެންމެ އެކަށޭނެ ކޯޗަަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"އެކިގޮތް ގޮތުން ބަލާފަ އޭނާ ރާއްޖޭގެ ކޯޗަކަށް ގެންނަން ޓެކްނިލް ކޮމިޓީން ނިންމަފައިވަނީ، ކޯޗާ އިންޓަވިއު ކުރުމުގެ އިތުރަށް އެހެން ދިމަދިމާތަކުންވެސް ބެލިން. އޭނާއަކީ މިވަގުތު ރާއްޖޭގެ ފުޓްބޯޅައަށް އެންމެ އެކަށޭނެ ކޯޗަކަށް ވާނެ ކަމަށް އުންމީދު ކުރަނީ" މޯހަން ވިދާޅުވިއެވެ.
ގައުމީ ކޯޗްކަން އެންމެ ފަހުން ކޮށްފައިވަނީ ނިއުޒިލެންޑްގެ ވޯލްޑްކަޕް ކޯޗް ރިކީ ހާބަޓެވެ. އޭނާ ވަނީ މިދިޔަ މަހު ރާއްޖޭގެ ކޯޗް ކަމުން އިސްތިއުފާ ދީފައެވެ.
ސްޓެޗާޓްގެ ކޯޗް ކަމުން ގައުމީ ޓީމު އެންމެ އަވަހަށް ކުޅޭނީ އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ލޯއޯސްއާ ދެކޮޅަށެވެ. ދެ ލެގްމެޗްވެސް ކުޅޭނީ ސްޕްޓެމްބަރު މަހު ކުރީ ކޮޅުއެވެ. ފުރަތަމަ ލެގް މެޗް ސެޕްޓެމްބަރު މަހު ހަ ވަނަ ދުވަހު މާލޭގައި ކުޅޭއިރު ދެ ވަނަ ލެގް މެޗް ސެޕްޓެމްބަރު 11 ވަނަ ދުވަހު ދެ ވަނަ ލެގް މެޗް ކުޅޭނީ ލާއޯސްގައެވެ.