ހަބަރު

ޑިސެބިލިޓީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާ ކުރަނީ

Jul 27, 2016
1

ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭ ކަންކަން ހަރުދަނާކޮށް ހިންގުމާ ހަވާލުކޮށްފައިވާ ޖެންޑާ މިނިސްޓްރީގެ ޑިސެބިލިޓީ ކައުންސިލްގެ މަސައްކަތަކަށް ތައުރީފްކޮށް، މިހާރަށްވުރެ އެ ކައުންސިލް ހަރުދަނާ ކުރުމަށް ޖެންޑަ މިނިސްޓަރު އައިޝަތު ޒެނީޝާ ޝަހީދު އެ ކައުންސިލްގެ އޮފީސް ބޮޑުކޮށްދެއްވައިފި އެވެ.

ޑީސެބިލިޓީ ކައުންސިލް މިހާޜުވެސް ހުންނަނީ ޖެންޑާ މިނިސްޓްރީގަ އެވެ. އޮފީސް އިތުރު ތަނަކަށް ބަދަލު ނުކޮށް، ބޮޑުކޮށްފައިވަނީ ހަމަ އެކަނި ޖާގަ އެވެ.

އެ މިނިސްޓްރީން ބުނީ، އިއްޔެ މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި ޑިސެބިލިޓީ ކައުންސިލްގެ އޮފީސް ޖާގަ ބޮޑު ކުރުމަށް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި، ޖާގަ ބޮޑުކުރުމުން އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްވުރެ އަވަސްވެ، މަސައްކަތްކުރުމަށް މުވައްޒަފުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ޑިސެބިލިޓީ ކައުންސިލަކީ "ނުކުޅެދޭ މީހުންގެ ހައްގުތައް ރައްކާޓެރިކުރުމާއި މާލީ ތަނަވަސްކަން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގާނޫނުގެ ދަށުން 2010 ވަނަ އަހަރު އުފެއްދި ހަތް މެންބަރުންގެ ކައުންސިލެކެވެ.