ހަބަރު

މާލެ ދަތުރުކުރި ފްލައިޓަކުން ދުން އަރާތީ ކުއްލި ހާލަތުގައި ޖައްސައިފި

Jul 26, 2016

ދުބާއީ އިން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަމުން އައި، އެމިރޭޓްސް އެއާލައިންގެ ފްލައިޓެއް އެމެޖެންސީގައި އިންޑިއާގެ މުމްބާއީއަށް ޖައްސައިފި އެވެ.

އިންޑިއާގެ އެންޑީ ޓީވީ އިން ބުނީ، 300 ފަސިންޖަރުން ތިބި އެ ފްލައިޓް މިއަދު މެންދުރު ފަހު މުމްބާއީއަށް ޖައްސަން ޖެހުނީ، ފްލައިޓްގެ ކޮކްޕިޓާއި ސާވިސް ކެބިންއާ ދިމާލުން ވަރަށް ބޮޑަށް ދުން އަރަން ފެށުމުން ކަމަށެވެ. އެ ފްލައިޓް ރާއްޖެ ޖައްސަން ޝެޑިއުލްކޮށްފައި އޮތީ، މިއަދު މެންދުރު ފަހު 3:05ގަ އެވެ. އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެންޑީޓީވީ އިން ބުނީ އެ ބޯޓް ކަނޑަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން، އިންޑިއާގެ ނޭވީ އިން ވެސް ތައްޔާރީ ހާލަތުގައި އޮތް ކަމަށެވެ. އަދި މީގެ އިތުރަށް އެމްބިއެލަންސާއި އަލިފާން ނިވާ އުޅަނދުތައް ވެސް ތައްޔާރީ ހާލަތަށް ގެނައި ކަމަށް ވެސް އެ ޓީވީ އިން ބުންޏެވެ. އެންމެން ވެސް މިހާރު ތިބީ މުމްބާއީގަ އެވެ.

އެ މީހުން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގެ ތަފްސީލެއް އަދި ނޭނގެ އެވެ.