ބޭރު ކުޅިވަރު

ސްޓޯން ގަތުމަށް ސިޓީން 50 މިލިއަން ޕައުންޑް

އެވަޓަންގެ ޑިފެންޑަރު ސްޓޯން ގަތުމަށް މެންޗެސްޓާ ސިޓީން 50 މިލިއަން ޕައުންޑް ހުށަހަޅައިފި އެވެ.

ދެ ކުލަބުން މިހާތަނަށް މިކަމާ ބެހޭ ގޮތުން މާގިން ވާހަކަތަކެއް ދައްކާފައިނުވި ނަމަވެސް އަންނަ މަހު ފަށާ ޕްރެމިއާ ލީގުގެ އާ ސީޒަން ފެށުމުގެ ކުރިން ސްޓޯން، ސިޓީ އަށް ބަދަލުވާނެ ކަމަށް އިނގިރޭސި ނޫސްތަކުން ބުނެ އެވެ.

ހުސްވި ސީޒަނުގައި 22 އަހަރުގެ ސްޓޯން ޗެލްސީ އަށް ގެންދަން ހޯސޭ މޮރީނިއޯ ވެސް ވަނީ ވަަރަށް މަސައްކަތް ކޮށްފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިވަގުތު ޓީމުގައި ރަނގަޅު ޑިފެންސް ލައިނެއް އޮތް ނަމަވެސް ޓީމު ބެލެންސް ކުރުމަށް ސްޓޯން އަކީ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

ބާންސްލީން 2012 ވަނަ އަހަރު އެންމެ ތިން މިލިއަން ޕައުންޑަށް އެވަޓަންއާ ގުޅުނު ސްޓޯން އަކީ ޔޫރޯގައި ކުޅުނު އިނގިރޭސި ޓީމުގައި ވެސް ހިމެނުނު ކުޅުންތެރިއެކެވެ. ނަމަވެސް ދެ ވަނަ ބުރިން ކެޓި ޓީމުގައި އެއްވެސް މެޗެއް އޭނާ ނުކުޅެ އެވެ.