ބޭރު ކުޅިވަރު

އިބްރަހިމޮވިޗްގެ ގޯލަކާއެކު މެންޗެސްޓާ އަށް މޮޅެއް

Jul 31, 2016

ޓީމާ އަލަށް ކުޅުނު ސްވިޑްންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ގޯލަކާއެކު މެންޗެސްޓާ ޔުނައިޓެޑުން ގަލަޓަސަރާއީގެ މައްޗަށް 5-2އިން ކާމިޔާބު ހޯދައިފި އެވެ.

މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ އިބްރަހިމޮވިޗްގެ އިތުރުން ކެޕްޓަން ވޭންރޫނީ އާއި މަރައުނޭ ފެލައިނީ އަދި ހުއާން މާޓާ އެވެ. މީގެ ތެރެއިން ރޫނީ ދެ ލަނޑު ޖެހި އެވެ.

މި މެޗަކީ އަންނަ މަހު ފަށާ އާ ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑް ކުޅުނު މެޗެކެވެ. އަދި މިއީ ޔުނައިޓެޑާ ގުޅުނު ފަހުން އިބްރަހިމޮވިޗް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުވެސްމެ އެވެ.

އާ ސީޒަނަށް ޔުނައިޓެޑަށް އެންމެ ފަހުން ސޮއިކުރުވި ކުޅުންތެރިއަކީ ޔުވެންޓަސްގެ ޕައުލް ޕޮގްބާ އެވެ. ޖުމުލަ 100 މިލިއަން ޕައުންޑަށް އޭނާ ގަތުމުން އެހެން ކުލަބުތަކުންނާއި ކުރީގެ ބައެއް ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.