ބޮލީވުޑް

"ޕާދްމަވަތީ" ގައި ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅޭނީ އޭނާ އެދޭ އެކްޓަރެއް

Aug 4, 2016
2

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން ފުރަތަމަ ކުޅުނު ހޮލީވުޑް ފިލްމާއެކު އޭނާގެ މަޝްހޫރުކަން ބޮޑުވެގެން ގޮސްފައިވާއިރު، ދެން އޭނާ ކުޅޭ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕާދްމަވަތީ" ކުޅެދޭ އަގު ވެސް އޭނާ ވަނީ ބޮޑުކޮށްފަ އެވެ.

މި ފިލްމު ކުޅެން ދިޕިކާ ސޮއިކޮށްފައިވަނީ 10 ކްރޯޑަށް ރުޕީޒް އަށް ކަމަށްވާއިރު، މި އަދަދު މި ފިލްމަށް ކުޅެދޭން އެއްބަސްވެގެން އޭނާ މިވަނީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ އަގު ބޮޑު ބަތަލާ އަށް ވެގެން ގޮސްފަ އެވެ.

އެންމެ އަގުބޮޑު ބަތަލާ އަށް ވުމުގެ އިތުރުން ދިޕިކާ މިވަނީ ނިކަން ނުފޫޒުގަދަ ނަމަކަށް ވެސް ވެގެން ގޮސްފަ އެވެ، ދެން އޭނާ ކުޅޭ "ޕާދްމަވަތީ" ގައި ލޯބިވެރިޔާ ރަންވީރު ސިންގް ލީޑް އެކްޓަރުގެ ރޯލުން ފެނިގެންދާއިރު، ދިޕިކާގެ ފިރިމީހާގެ ރޯލު މި ފިލްމުގައި ކުޅޭނެ އެކްޓަރެއް އަދިވެސް އަންނަނީ ހޯދަމުންނެވެ.

ފިލްމުގައި ހަރަކާތްތެރިވާނެ ތަރިން ނިންމަނީ ޑައިރެކްޓަރަށްވާއިރު، މިފިލްގައި ދިޕިކާގެ ފިރިމީހާގެ ރޯލެއް ކުޅެން ހަމަޖައްސަންވީ ތަރިއެއް ޑައިރެކްޓަރު ބަންސާލީ އަށް އަންގަނީ ދިޕިކާ އެވެ. ބުނެވޭ ގޮތުގައި މިރޯލު ދިނުމަށް ހަމަޖެހިފައިވަނީ ދިޕިކާ ގަޔާވާ އެކްޓަރަކަށެވެ.

އެންމެފުރަތަމަ މިރޯލު ހުށަހަޅާފައިވަނީ ޓީވީ ތަރި އަކަށް ނަމަވެސް މިފަދަ ބޮޑު ފިލްމެއްގައި ކުޑަ އެކްޓަރެއް ހިމަނަން ދިޕިކާ އެއްބަސްނުވުމުން އެރޯލު ވަނީ "މަސާން" ގެ އެކްޓަރު ވިކީ ކޯޝަލް އަށް ހުށަހަޅާފަ އެވެ. އަދި މިރޯލު އޭނާ ކުޅެން ހުރިހާ ކަމެއް ގާތްގަނޑަކަށް ހަމަޖެހިފައި އޮތްވާ ދިޕިކާ ނޫނެކޭ ބުނުމުން ވަނީ އެރޯލު ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އަށް ހުށަހަޅާފަ އެވެ.

ފަވަދް އަކީ ދިޕިކާ މިރޯލު ކުޅެން އެންމެ ގަޔާވި އެކްޓަރު ނަމަވެސް އެހެން ފިލްމުތަކުގައި ބިޒީވެ މިފިލްމަށް ވަގުތު ދެވެން ނެތުމުން ވަނީ ބަންސާލީގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

ފަވަދް މިފިލްމު ކުޅެން ނޫނެކޭ ބުނުމުން ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޝާހިދު ކަޕޫރެވެ. މިފިލްމުގައި ބަތަލުގެ ރޯލުން ފެނިގެންދަނީ ރަންވީރު ސިންގް ނަމަވެސް ސަޕޯޓިން ރޯލެއް ކުޅުމުގެ އެއްވެސް މައްސަލައެއް ޝާހިދު ނެތްކަމަށްވެ އެވެ. ސަބަބަކީ އަންނަ މަހުގެ ޝާހިދު އަންހެނުން މީރާ ފުރަތަމަ ދަރިފުޅު ވިހާނެ ކަމަށްވާއިރު، އޭނާ ވިހެއުމުން ޝާހިދު ބޭނުންވަނީ ދުވަސްކޮޅަކު ފިލްމު ކުޅުމާ ދުރުގައި ހުރުމަށެވެ. އެހެންކަމުން މިފިލްމުގައި ކުޑަރޯލެއް އަދާކުރާކުރުމަކީ ޝާހިދަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ޝާހިދު އަދި މިފިލްމު ކުޅެން އެއްބަސްވިކަން ޔަގީންނުވި ނަމަވެސް އޭނާ އެރޯލު ކުޅުމުގައި ދިޕިކާގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށްވެ އެވެ. މިރޯލު ކުޅެން އެއްވެސް ބޮޑު އެކްޓަރެއް ބޭނުންނުވަނީ މިރޯލަކީ ރަންވީރު މިފިލްމުގައި ކުޅޭ ރޯލަށް ވުރެން ކުޑަ ރޯލަކަށް ވުމުންނެވެ.

"ޕާދްމަވަތީ" ބަންސާލީ އެންމެފަހުން އުފެއްދި "ބާޖީރާއޯ މަސްތާނީ" ކަހަލް ޕީރިއަޑް ޑްރާމާ އެކެވެ. މިފިލްމަކީ ރާޖަސްތާނުގެ ޗިތޯރްގެ ރާނީގެ ހަޔާތް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމުގައި ރަންވީރު ފެނިގެންދާނީ ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ އާޝިގެއްގެ ރޯލުންނެވެ.