ޒުވާނުން ކުރިއަރުވަން މަސައްކަތް ކުރުމަށް ޖޭސީ އައި މޯލްޑިވްސް އާއި އުރީދޫން މިއަދު އެއްބަސްވެއްޖެ އެވެ.
އުރީދޫ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. ޖޭސީއައި މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޔާމީން އާދަމް އެވެ. މި ރަސްމިއްޔާތުގައި ޖޭސީއައިގެ ވޯލްޑް ޕްރެޒިޑެންޓް ޕަޝްކަލް ޑައިކްވެސް ބައިވެރިވެ ވަޑައިގަތެވެ.
އުރީދޫ / ޖޭސީއައި މޯލްޑިވްސްގެ ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫއަކީ ޒުވާނުންނަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭ ކުންފުންޏެއް ކަމަށާއި، ޒުވާނުން ބިނާ ކުރުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
"ދިވެހިރާއްޖެ އަށާއި ކުރިއަށް އޮތް ޖީލްތަކަށް ފަހި މުސްތަގުބަލެއް ހޯދައިދިނުމުގައި ޒުވާނުންގެ ދައުރު ވަރަށް މުހިންމު. މިއަދު ޒުވާން ކުދިންގެ އުންމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގައި އެ ފަރާތްތަކަށް އެހީތެރިވުމުގައި ޖޭސީއައި މޯލްޑިވްސް އާއި ޕާޓްނާ ކުރުމަކީ ވަރަށް ބޮޑު އުފަލެއް،" ވިކްރަމް ވިދާޅުވި އެވެ.
ޖޭސީއައި އިންޓަނޭޝަނަލްގެ ޕްރެޒިޓެންޑް ޕަޝްކަލް ވިދާޅުވީ ހަމަޖެހުން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ހަމަޖެހުން ގިނަ ހިސާބުތަކުގައި ކާމިޔާބުކަމާއިއެކު ވިޔަފާރިއެއް ނުކުރެވޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ވެސް ސުލްހަވެރިކަމަށް ހުރަސްތަކެއް ކުރިމަތިވެއްޖެނަމަ އެހެން ހިސާބުތަކުގައި ވެސް ސުލްހަ ހުރަސް ތަކެއް ކުރިމަތިވެއްޖެނަމަ އެހެނިހެން ހިސާބުތަކުގައި ވެސް ސުލްހަ މަސަލަސް ކަމަށް އޮތް ބިރެއް" ޕަޝްކަލް ވިދާޅުވި އެވެ.
ޖޭސީއައި މޯލްޑިވްސްގެ ޕްރެޒިޑެންޓް ޔާމީން އާދަމް ވިދާޅުވީ އެ ޖަމިއްޔާގެ ކޮމިއުނިޓީ ޕާޓްރަކަށް އުރީދޫ ވުމަކީ ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ޒުވާނުން ބާރުވެރިކުރުވުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ކެމްޕެއިންތަކުގައި އުރީދޫގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިއުން،" ޔާމީން ވިދާޅުވި އެވެ.
ޖޭސީއައިއަކީ ދުނިޔޭގެ 100 އަށްވުރެ ގައުމުތަކުގައި މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. ޖޭސީއައި މޯލްޑިވްސްގައި މާލެ އަތޮޅާއި އައްޑޫގައި 120 އަށްވުރެ ގިނަ މެންބަރު އެބަތިއްބެވެ.