ރާއްޖެ ކުޅިވަރު

އެމްބީއޭގެ އިންތިހާބު 20 ގައި، ކުރިމަތިލުން މާދާމައިން ފެށިގެން

Aug 4, 2016

ދައުރު ހަމަވީރު ވެސް އިންތިހާބު ނުބޭއްވުނު ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު މިމަހު 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފި އެވެ.

އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު މާދަމާއިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ 2:30 ހަމަޔަށް ވަނީ ހުޅުވައިލާފަ އެވެ.

އިންތިހާބުގެ މައްސަލައިގައި އޮލިމްޕިކް ކޮމިޓީން ވަނީ ތިން މެންބަރުންގެ ވަގުތީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން އިންތިހާބުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފަ އެވެ. އިންތިހާބު ކުރިމަތި ލުމުގެ ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް އޮލިމްޕިކް ކޮމީޓިން ވަނީ ހަމަޖައްސާފަ އެވެ.

އެމްބީއޭގެ އެކްސްކޯ ގެ ދައުރު ހަމަވެފައިވަނީ މިދިޔަ މަހުގެ 15 ދުވަހުއެވެ. އޭގެ ފަހުން ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބޭއްވުމަށް އެކްސްކޯގެ ދައުރު ތިން މަހަށް އިތުރު ކޮށްފަ އެވެ.

އިންތިހާބުގެ މައްސަލައިގައި އެމްބީއޭގެ މިހާރުގެ އެކްސޯއިން ވަނީ އެމްއޯސީ މެދުވެރިކޮށް މައްސަލަ ދުނިޔޭގެ ބާސްކެޓްބޯލް ފެޑްރޭޝަން (ފީބާ) އަށް މައްސަލަ ހުށަހަޅާފަ އެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް (މަރޭ) ވިދާޅުވީ އޭޝިއާގެ އޮލިމްޕިކް ކައުންސިލާއި ފީބާއިން ވެސް އނަގާފައިވަނީ ވާހަކަ ދައކައިގެން މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

އެމްބީއޭގެ އެކްސްކޯގެ ނުވަ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.