ބޭރު ކުޅިވަރު

ބެލްޖިއަމްގެ ކޯޗަކަށް އެވަޓަންގެ ކުރީގެ ކޯޗް މާޓިނޭޒް

Aug 4, 2016

ބެލްޖިއަމްގެ އާ ކޯޗަކަށް އެވަޓަންގެ ކުރީގެ ކޯޗް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.

ބެލްޖިއަމްގެ ކޯޗަކަށް އެންމެ ފަހުން ހުރީ މާކް ވިލްމޮޓްސް، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

މާޓިނޭޒް އެވަޓަންގެ ކޯޗް ކަމުން ވަކިކޮށްފައިވަނީ މިދިޔަ ސީޒަންގެ ލީގްގައި ބާކީ އެއް މެޗް އޮއްވަ އެވެ. އޭނާ ވަކި ކުރީ 12 ވަނައިގައި އޮތް އެވަޓަންގެ ނަތީޖާ ދަށް ވުމުންނެވެ.

ކުރިން ސްވަންސީ ސިޓީއަށާއި ވިގަންއަށް ކޯޗްކޮށްދިން މާޓިނޭޒް ވަނީ 2013 ވަނަ އަހަރު ވިގަންއަށް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފަ އެވެ.

ބެލްޖިއަމްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ މަތީ ފެންވަރުގެ ކޯޗެއް އަވަސް ފުރުސަތެއްގައި ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

މާޓިނޭޒްގެ ފުރަތަމަ މެޗަކަށް ވަނީ އަންނަ މަހު އެއް ވަނަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗެވެ.