ބޮލީވުޑް

އައިޝްވާރިޔާ ދެކެ އަމީތާބް ހިތްހަމަނުޖެހިފައި؟

Aug 5, 2016
6

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން ފުރަތަމަ ދަރިފުޅު އަރާދިޔާ ބައްޗަން ވިހޭފަހުން ވަނީ ފަސް އަހަރު ދުވަސް ވަން ދެން ފިލްމު ކުޅުމާ ދުރުގައި ހުރެފަ އެވެ. ފަސް އަހަރުގެ ބްރޭކަކަށްފަހު އައިޝްވާރިޔާ މިދިޔަ އަހަރު ނިކުތް "ޖަޒްބާ" އިން ވަނީ އަލުން ފިލްމު ކުޅެން ފަށާފަ އެވެ.

އައިޝްވާރިޔާ ތިންވަނަ އަށް ކުޅެމުންނަ އަންނަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ "އެއި ދިލްހޭ މުޝްކިލް" އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. މިފިލްމުގައި އައިޝްވާރިޔާ އާއި ރަންބީރު ފެނިގެންދަނީ ލޯބިވެރިންގެ ރޯލުންނެވެ.

އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމުގައި އައިޝްވާރިޔާ އާއި ރަންބީރުގެ ގައިގޯޅި މަންޒަރުތަކެއް ހިމެނޭތީ އެކަމާ އައިޝްވާރިޔާ ދެކެ ބަފައިގެ އަދި މެގަސްޓާ އަމީތާބް ބައްޗަން ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

މިކަމާ ހިތްހަމަނުޖެހިގެން އަމީތާބް ވަނީ ކަރަން ޖޯހަރު ކުރެން ފިލްމުގައި އައިޝްވާރިޔާ އާއި ރަންބީރު ގައިގޯޅިކޮށް ފެންނަ ބައެއް މަންޒަރުތައް އުނިކުރަން އެދިފަ އެވެ.

އައިޝްވާރިޔާ ދެކެ އަމީތާބް ހިތްހަމަނުޖެހޭ ކަމުގެ އަޑުތަކެއް އަރާފައިވީ ނަމަވެސް މިވާހަކަތައް ފިލްމުގެ ޕްރޮޑަކްޝަނުން ކުށްވެރިކުރެ އެވެ. ފިލްމުގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވާ ފަރާތަަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުން އައިޝްވާރިޔާ ކުޅޭ އެއްވެސް ފިލްމަކާ އަދި އެފިލްމެއްގައި އޭނާ ކުޅެން ޖެހޭ ރޯލަކާ މެދު ފާޑުކިޔައި ބައްޗަން އާއިލާއިން ނަހާދާ ކަމަށެވެ.

މިވާހަކަތަކުގެ ތެދުދޮގެއް ނޭނގޭއިރު، ބައްޗަން އާއިލާ އަކީ އެމީހުންގެ ގަދަރާއި އިއްޒަތަށް އެއްވެސް އުނިކަމެއް އައިސްދާނެ ހުރިހާ ކަމަކަށް ވަރަށް ބަލާ ބަޔެކެވެ. އަމީތާބް އާއި އަންހެނުން ޖާޔާ ބައްޗަން ކައިވެނިކުރި ފަހުން އޭނާ ވެސް ވަނީ ފިލްމު ކުޅުމާ ވަރަށް ބޮޑަށް ދުރަށްޖެހި، ކުދިން ބަލަން ގޭގައި މަޑުކޮށްފަ އެވެ. އެދެމީހުންގެ ދެކުދިން ކަމަށްވާ އަބީޝެކް އާއި ޝްވެތާ ލިބުނު ފަހުން ޖާޔާ ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ދެފިލްމަކުންނެވެ. އޭގެފަހުން އޭނާ މުޅިން ވެސް ފެނިގެންގޮސްފައިވަނީ ކުދި ރޯލުތަކުންނެވެ.

ރަންބީރު އާއި އައިޝްވާރިޔާ ލޯބިވެރިންގެ ރޯލުން ފެނިގެންދާއިރު ރަންބީރު، 33 އައިޝްވާރިޔާ އަށް ވުރެން ނުވަ އަހަރު ހަނގެވެ. މިދެތަރިންގެ ޖޯޑަކީ މިއަހަރު ފެނިގެންދާނެ އެންމެ ތަފާތުއެއް ޖޯޑުކަމަށްވެ އެވެ.

މިިފިލްމުގެ މުހިންމު ރޯލަކުން އަނުޝްކާ ޝަރްމާ އާއި ފަވަދް ޚާން އަދި ޕާކިސްތާނުގެ އެކްޓަރު އިމްރާން އައްބާސް އާއި ލީސާ ހޭޑަން ފެނިގެންދެ އެވެ.