ވެކޭޝަންސް އެކްސްޕޯ

މޯލްޑިވްސް ހޮލިޑޭ ކަލެކްޝަނުން މެޑިކަލް ޓޫރިޒަމް ތައާރަފުކޮށްފި

ވެކޭޝަންސް އެކްސްޕޯގައި، މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސް އިން ރާއްޖެއަށް މެޑިކަލް ޓޫރިޒަމް ތައާރަފުކޮށް، ޕެކޭޖުތައް ވިއްކަން ފަށައިފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވްސް ހޮލިޑޭ ކަލެކްޝަންސްގެ ޑިރެކްޓަރު ސޭލްސް އެންޑް މާކެޓިން ޝައުޝާން ޝަފީގު ވިދާޅުވީ އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާއިން ބޭސް ފަރުވާ ހޯދޭ ގޮތަށް ވިއްކަމުން އަންނަ ޕެކޭޖުތައް ގަތުމުން އެ މީހަކަށް ބޭސް ފަރުވާގެ ހުުރިހާ ކަމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

"މި ޕެކޭޖްގައި ހުރުމާއި ޓްރާންސްޕޯޓް އަދި ޑޮކްޓަރުގެ އެޕޮއިންޓްމަޓު ހެއްދުން ވެސް ހިމެނޭ. މީގެ އިތުރުން ބޭނުވެއްޖެނަމަ ބަސް ދޭހަކޮށްދޭ މީހަކު ވެސް ހަމަޖައްސައި ދެވޭނެ،" ޝައުޝާން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ބޭސް ފަރުވާއަށްދާ މީހުން ބޭނުންވާ ހުރިހާ ހިދުމަތެއް އެ ކުންފުނީގެ ޕެކޭޖްތަކުގެ ތެރެއިން ހަމަޖައްސައިދެ އެވެ.

ވެކޭޝަންސް އެކްސްޕޯގައި "މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން" ގެ ސްޓޯލެއް ގާއިމްކޮށް މިހާރު ދަނީ އެ ޕެކޭޖުތަކުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ. އެ ކުންފުނީގެ ސްޓޯލް ނަމްބަރަކީ "އޭ14" އެވެ. މި ސްޓޯލުން ވިއްކާ ޕެކޭޖްތައް ނަގާ މީހުންނަށް އިންޑިޔާގެ ޓްރިވެންޑްރަމާއި ކޮޗިންގެ ހޮސްޕިޓަލްތަކުން ބޭސް ފަރުވާ ކުރެވޭނެ އެވެ.

އޭނާ ވިދާޅުވީ ބޭނުންވެއްޖެނަ މުހިންމު ތަންތަން ދައްކާލުމުގެ ޓްއާއެއްވެސް ޕެކެޖްގެ ތެރެއިން ހަަމަޖައްސައިދޭނެކަމަށެވެ.

"އަދި ވިޔަފާރިކޮށްލަން ބޭނުންނަމަ އެކަންވެސް ހަމަޖައްސައި ދެވޭނެ، އެހެންވީމަ މިއީ ވަރަށް ގިނަ ބަޔަކަށް މުހިންމު އަދި ބޭނުންތެރި ފުރުސަތަކަށް ވެގެންދާނެ،" ޝައުޝާން ވިދާޅުވި އެވެ.

މޯލްޑިވްސް ހޮލިޑޭ ކަލެކްޝަނަކީ ފުޅާ ދާއިރާއެއްގައި ޓްރެވަލް ވިޔަފާރި ހިންގާ ޓްރެވަލް ކުންފުންޏެކެވެ. ރާއްޖޭގައި ސްޓާވޯޒްގެ ފަހުބައި ނަގަން އައި ފިލްމް ކްރޫގެ އެކޮމަޑޭޝަން ހަމަޖައްސައި ދިނީ ވެސ މި ކުންފުނިންނެވެ.