ބޭރު ކުޅިވަރު

ޔޫއެފްއާ އެވޯޑަށް މެސީ ނޮމިނޭޓެއް ނުވި

Aug 6, 2016

ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ނުވަތަ ޔޫއެފްއާ އެވޯޑަށް އެންމެ ފަހުން އެވޯޑް ހޯދި ބާސެލޯނާގެ ފޯވަޑް ލިޔޮނަލް މެސީގެ ނަން ނޮމިނޭޓެއް ނުވިއެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ ގަދަ ތިނަކަށް ނޮމިނޭޓް ވެފައިވަނީ މި އަހަރުގެ ޔޫރަޕްގެ ފުޓްބޯޅަ މުބާރާތް ޕޯޗްގަލްއަށް ކާމިޔަބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާއާއެކު ރެއާލް މެޑްރިޑަށް ކުޅޭ ވޭލްސްގެ ފޯވަޑް ގެރެތު ބޭލްއާއި ވަދަވެރި އެތުލެޓިކޯ މެޑްރިޑްގެ ފްރާންސްގެ ފޯވަޑް އެންޓޯޯނިއޯ ގްރިއެޒްމަން އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދޭން ފެށި މި އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދައިފައިވާ މެސީ، މިފަހަރުގެ އެވޯޑަށް ނޮމިނޭޓް ނުވުމުން، މިއީ އޭނާ މިއެވޯޑަށް ނޮމިނޭޓް ނުވެދާ ވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ އެވޯޑަށްވެސް އޭނާ ނޮމިނޭޓް ވެފައެއް ނުވެއެވެ.

ޔޫއެފްއާއިން އެކުލަވާލީ ލިސްޓްގައި މެސީއަށް ލިބިފައިވަނީ ފަސްވަނަ އެވެ. ހަތަރު ވަނަ ލިބެނީ މެސީއާއެކު ބާސާއަށް ކުލެމުންދާ އުރުގުއޭގެ ލުއިސް ސުއަރޭޒްއަށެވެ.

ޔޫއެފްއާ މޮޅު ކުޅުންތެރިޔާގެ އެވޯޑް އިއުލާން ކުރާނީ މިމަހު 25 ޔޫއެފްއާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގްގެ ގުނު ނެގުމަށް ފްރާންސްގެ މޮނާކޯގައި ބާއްވާ ހަފުލާގަ އެވެ.