ބޭރު ކުޅިވަރު

ރިއޯ އޮލިމްޕިކްސް: ފުރަތަމަ ރަން މެޑަލް އެމެރިކާއަށް

Aug 6, 2016

ބްރެޒިލްގެ ރިއޯޑީ ޖެނީރިއޯގައި ރޭ ރަސްމީކޮށް ފެށި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ފުރަތަމަ ރަން މެޑަލް އެމެރިކާގެ ވަޖޭނިއާ ތުރެޝާ ކާމިޔާބުކޮށްފި އެވެ.

އަންހެނުންގެ 10 މީޓަރު ރައިފަލް ނުވަތަ ވަޔަށް ބަޑި ޖެހުމުގެ އިވެންޓުން ރަން މެޑަލް ހޯދި ތުރެޝާ ވަނީީ 208.0 ސްކޯ ކޮށްފަ އެވެ

ރިހި މެޑަލް ލިބުނީ ޗައިނާގެ ޑޫލީ އަށެވެ. އޭނާ ސްކޯ ކުރެވިފައިވަނީ 207.0 ށެވެ. ލޯ މެޑްލް ހޯދައިފައިވަނީ ޗައިނާގެ ޔީ ސިލިންގް

އުމުރުން 19 އަހަރުގެ ތުރެޝާގެ ރޭންކަކީ ދުނިޔޭގެ 26 ވަނަ އެވެ.

މިއި ރައިފަލް ޝޫޓިން އިން އެމެރިކާއިން ހޯދި ތިން ވަނަ ރަން މެޑަލްއެވެ. އެންމެ ފުރަތަމަ އެގައުމަށް ރަން މެޑަލް ހޯދައިދީފައިވަނީ 2000 ވަނަ އހަރު ސިްޑްނީ އޮލިމްޕިކްސްގައި ނެންސީ ނެޕޮލޮސްކީ ޖޯންސަން އެވެ.