ބޭރު ކުޅިވަރު

ރެއާލްއިން ޒިދާންގެ މުސަރަ ދެގުނަ ބޮޑުކޮށްފި

Aug 7, 2016

މިދިޔަ ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ކާމިޔަބު ކޮށްދިން އެޓީމުގެ ކޯޗް ޒައިނުއްދީން ޒިދާންގެ މުސާރަ ދެގުނަ ބޮޑުކޮށްފި އެވެ.

ރަފާ ބެނިޓޭޒްއާއެކު މައްސަލަ ގަނޑެއްގެ ތެރެއަށް ވެއްޓުމުން އޭނާ ކޯޗް ކަމުން ދުރުކޮށް، ރެއާލްގެ ޒުވާން ޓީމުގެ ކޯޗަކަށް ހުއްޓައި، ސީނއާ ޓީމުގެ ކޯޗަށް ޒިދާން ގެނައީ މިއަހަރު ޖަނަވަރީ މަހު އެވެ.

ރެއާލްގެ ކޮންޓްރެކްޓްގައި ޒިދާން ސޮއި ކުރީ ކޯޗް ކަމާ ހަވާލުވިތާ އެއް މަސް ފަހުން ފެބްރުއަރީ މަހު އެވެ. ދެހާސް އަށާރައިގެ ނިޔަލަށް ހެދި އެއްބަސްވުމުގެ ދަށުން ޒިދާންގެ މުސާރައަކީ އަހަރަކު 2.2 މިލިއަން ޔޫރޯ އެވެ.

މިމަހު އޭނާ ގެ މުސާރަ ބޮޑު ކުރީ 5.5 މިލިއަން ޔޫރޯ އަށެވެ. މިއީ ކުރީގެ ކޯޗް ރަފާ ބެނިޓޭޒްގެ މުސަރައާ ގާތް ކުރާ އަދަދެކެވެ. ނަމަވެސް ކާލޯ އަންޗެލޯޓީގެ މުސާރައަށް ވުރެ ކުޑަ އަދަދެކެވެ. އަމްޗެލޯޓީއަށް މުސާރަ އަކީ 7.7 މިލިއަން ޔޫރޯ އެވެ.

ރެއާލް ގެ ކޯޗް ކަމާ ޒިދާން ހަވާލުވިއރު، ލީގް އެއް ވަނައިގައި އޮތް ބާސެލޯނާއާ 13 ޕޮއިންޓް ފަރަގު ހުއްޓެވެ. އޭނާ ހަވާލުވެ ލީގް ނިމުނު އިރު ބާސާއާ ދެމެދު އޮތީ އެއް ޕޮއިންޓެވެ.