ބޭރު ކުޅިވަރު

ޖޯން ސްޓޯންސް މެން ސިޓީއަށް ސޮއިކޮށްފި

Aug 9, 2016

އެވަޓަންގެ އިންގްލެންޑްގެ ޑިފެންޑަރު ޖޯން ސްޓޯންސް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފި އެވެ.

އެވަޓަންގެ އެއްބަސްވުމުގައި ބާކީ ދެ އަހަރާއި ބައި އޮތްވައި ސްޓޯންސް މެން ސިޓީއަށް ބަދަލުވީ 47.5 މިލިއަން ޕައުންޑަށެވެ. އެހެން ކަމުން އޭނާ ވެފައިވަނީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޑިފެންޑަރަށެވެ.

މިއީ މިސީޒަންގައި މެން ސިޓީގެ ކޯޗް ކަމާ ހަވާލުވި ސްޕެއިންގެ ޕެޕް ގާޑިއޯލާ އެޓީމާ ގުޅުނު ފަހުން ސޮއި ކުރުވި އަށް ވަނަ ކުޅުންތެރިޔާ އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ބުނީ ގާޑިއޯލާގެ ކޯޗް ކަމުގެ ދަށުން ކުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކޯޗާއެކު ކަމިޔާބު ހޯދަން 100 ޕަސަންޓް ދޭނެ ކަމަށެވެ.

"މިހާރު ޑީލްގެ ހުރިހާ ކަމެއް ނިމިއްޖެ އަހަރެންގެ ކެރިއަރުގެ އަނެއް ސްޓޭޖް ތަޖުރިބާ ކުރުމަށް އަހަރެން މިހުރީ ކެތް މަދުވެފައި،" ސްޓޯންސް މިއަދު ބުންޏެވެ.