ވިޔަފާރި

ލެކިއުޓުގެ ގުޑްގާލް: ވަރަށް ރަނގަޅު!

ދުނިޔޭގައި ނަން މަޝްހޫރު އަދި މީރު ވަސް ދުވާ ބްރޭންޑެޑް ސެންޓެއް ޖަހާލަން ބޭނުން ފަރާތްތަކަށް އަނެއްކާވެސް ލެކިއުޓުން މިދެނީ އުފާވެރި ހަބަރެކެވެ. މަޝްހޫރު ފެޝަން ޑިޒައިނާ ކެރޮލީނާ ހެރޭރާގެ "ގުޑް ގާލް" ގެނެސް ވިއްކަން ފެށީ އެވެ.

ހައި ހީލްގެ ބައްޓަމަށް ތައްޔާރުކޮށްފައި ހުންނަ މި ސެންޓުފުޅި ތައާރަފް މިކުރީ އޭގެ ތަފާތު ހަތަރު ނޯޓާ އެކުގަ އެވެ. ނުވަތަ ތަފާތު ހަތަރު ވަހާ އެކުގަ އެވެ. އެލްމަންޑު، ޖޭސްމީން، ކޮފީ އަދި ޓޮންކާ ބީންސްގެ ހިތްގައިމު ވަހުން ހިތް ފުރާލަދޭ ގުޑް ގާލް މި އައީ "އިޓްސް ގުޑް ޓް ބީ ބޭޑް" މި މެސެޖާ އެކީގަ އެވެ. އަންހެނުންނަށް ހާއްސަ މި ސެންޓުފުޅީގެ ދެ ސައިޒެއް ލެކިއުޓުން މިވަނީ ބާޒާރަށް ނެރެފަ އެވެ. އެއޯ 50 އެމްއެލް އަދި 80 އެމްއެލްގެ ފުޅި އެވެ. ލެކިއުޓްގެ ފްލެގްޝޮޕުން މި ދެ ސައިޒުގެ ސެންޓުފުޅި ލިބެން ހުރިއިރު ލެކިއުޓް އޮންލައިނުން ލިބެންހުރީ 80 އެމްއެލްގެ ފުޅި އެކަންޏެވެ.

ގުޑް ގާލްގެ 80 އެމްއެލްގެ ފުޅިއެއް 2300 ރުފިޔާއަށް ލެކިއުޓް އޮންލައިނުން ވިއްކާއިރު މިއީ އެއްގޮތަކަށް ވެސް މިއީ އެ ސެންޓުގެ ވަހާ ބަލާފައި ބޮޑު އަގެއް ނޫނެވެ. ސެންޓުގެ ވަސް 12 ގަޑިއިރަށްވުރެ ގިނައިރު ހިފާއްޓާލަ އެވެ. ގުޑް ގާލް އަކީ ލެކިއުޓުން މިހާރު ވިއްކާ ޑީކޭއެންވައި އަކާއި ޗެނަލަކާއި ކެލްވިން ކްލެއިން އަކާއި ޑީއޯ އަކާއި ގިވެންޗީއަކާއި ވިކްޓޯރިއާ ސީކްރެޓަށް ދޫކުރާނެ ސެންޓެއް ނޫނެވެ.

ގުޑް ގާލް އަކީ 2007 ވަނަ އަހަރަށްފަހު ހެރޭރާ ކުންފުނިން ދެވަނައަށް އުފެއްދި ސެންޓެވެ. ގުޑް ގާލް ލޯންޗުކުރަން ބާއްވާފައިވާ ހަފްލާއަކީވެސް ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި ހެރޭރާ އިން ސެންޓު ލޯންޗުކުރަން މިހާތަނަށް ބާއްވާފައިވާ އެންމެ ބޮޑު ހަފްލާ އެވެ.

ހެރޭރާ ކުންފުނިން މީގެކުރިން ބާޒާރަށް ދޫކޮށްލާފައިވާ އެހެން ސެންޓުތަކަކީވެސް ނިކަން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސެންޓުތަކެކެވެ. އޭގެ ތެރޭގައި ކެރޮލީނާ ހެރޭރާ ނިއު ޔޯކު، ހެރޭރާ ފޯ މެން އަދި ޗިކް ފޯ މެން ހިމެނެ އެވެ.