ވިޔަފާރި

އުރީދޫ ދިވެހި ވައިބްސް އެއް މިލިއަން ފަަހަރު ބޭނުންކޮށްފި

Aug 10, 2016
1

އުރީދޫ ދިވެހި ވައިބްސް އެއް މިލިއަން ފަަހަރު ބޭނުންކޮށްފި އެވެ.

އުރީދޫ އިން ބުނީ މިދިއަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ "ދިވެހި ވައިބްސް" ސްޓިކާ ޕެކް އަށް ދިވެހިންގެ ފަރާތުން ލިވިފައިވާ ތަރުހީބު ބޮޑު ކަމަށެވެ. އަދި ދިވެހި ވައިބްސް ތައާރަފްކުރިތާ 12 ދުވަސް ތެރޭގައި، މި ޕެކް 100،000 ފަހަރު ޑައުންލޯޑް ކުރެވި، ޕެކްތައް އެއް މިލިއަނަށްވުރެ ގިނަ ފަހަރު ބޭނުންކޮށްފައިވާ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުންދިނުމުގެ ގޮތުން، އުރީދޫން ތައާރަފުކުރި "ދިވެހި ވައިބްސް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"... ދިވެހިންގެ އަމިއްލަވަންތަކަމާއި، ރިވެތި އާދަކާދަތައް ދައްކުވައިދޭ ދިވެހި ވައިބްސް އަޅުގަނޑުމެން ތައާރަފްކުރީ ރާއްޖޭގެ ރައްޔިތުންނަށް ހާއްސަ ހަދިޔާ އެއް ގޮތުގައި،" ވިކްރަމް ވިދާޅުވި އެވެ.

"އެހެންކަމުން، މިހަދިޔާއަށް ރާއްޖޭގެ އެތައް ބައެއްގެ ތަރުޙީބު ލިބިފައިވުމީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. ދިވެހި ރައްޔިތުންގެ ފަރާތުން އުރީދޫ އަށް ލިބިފައިވާ އެއްބާރުލުމާއި ހެޔޮއެދުންތަކާއި، ތަފާތު ހިޔާލުތަކަށް، އަޅުގަނޑުމެން ޝުކުރުއަދާކުރަން. ހަމައެއާއިއެކު، ކައިރި މުސްތަގްބަލެއްގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ ކަމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ. މިކަމުގައި ބައިވެރިވުމަށް، ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވަން."