ހަބަރު

ދިވެހި ވައިބްސް މަލިކު ގޮނޑުދޮށަށް "ލައްގައިފި"

Aug 12, 2016
5

ދިވެހި "ވައިބްސް ސްޓިކާ" އުރީދޫން ނެރުން ވެގެން ދިޔައީ، ބޮޑު ކުރިއެރުމަކަށެވެ. ސޯޝަލް މީޑިޔާ އަށް ދެވިހިފީން ތިބި ދިވެހިރާއްޖެ އަށް ލިބުނު އުފަލަށެވެ. މިއާއެކު މި ސްޓިކާ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެން ދިޔަ އެވެ. މިހާރު މި ސްޓިކާ މިވަނީ ގާދޫކޮލުން ނިކު ރާއްޖޭގެ އަސްދަނޑިން ބޭރުވެފަ އެވެ. މި ސްޓިކާގެ ފޯރި މިހާރު އެންމެ ގަދައީ ދިވެހި ބަހުން ވާހަކަ ދައްކާ މަލިކުގަ އެވެ. ދިވެހި ވައިބް ސްޓިކާ މިވަނީ މަލިކު ގޮނޑުދޮށަށް "ލައްވެފަ" އެވެ.

"މިހާރު ދިވެހި ވައިބްސް ސްޓިކާ މަލިކުގައި ވެސް ބޭނުންކުރާ ކަމަށްވަނީ. މަލިކުގެ ވައިބާ ގްރޫޕްތަކުގައި އެންމެ ފޯރިގަދައީ މިހާރު މި ވައިބް ސްޓިކާ ކަމަށްވަނީ،" އުރީދޫ ހެޑް އޮފް ސޭލްސް އަހުމަދު ނިޔާޒު ވިދާޅުވި އެވެ.

ދިވެހި ބަހުން ވާހަކަ ދައްކާ މަލިކުގައި މި ސްޓިކާގެ ފޯރި ހިފުމާއެކު ދިވެހި ބަހުގެ އެކެޑަމީން މިވަނީ އުރީދޫގެ ޓީމާ ބައްދަލުކޮށްފަ އެވެ.

ނިޔާޒު ވިދާޅުވީ ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިން ބައްދަލުކޮށް އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފައިވާ ކަމަށެވެ.

"އެ ބޭފުޅުން ވަރަށް ބޮޑަށް ހިތްވަރު ދެއްވި. ވަރަށް ޕޮޒިޓިވްކޮށް ތިއްބެވީ. ވިދާޅުވި ދެން ހަދާ ވައިބް ސްޓިކާ އަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް. މި ސްޓިކާތައް މަލިކުގައި ވެސް ވަރަށް ގިނައިން ބޭނުންކުރާ އެ ބޭފުޅުން ވިދާޅުވި،" ނިޔާޒު ވިދާޅުވި އެވެ.

ދިވެހި ވައިބްސްގެ ފޯރިގަދަކަމުން މި ސްޓިކާ ބޭނުންކުރާ މީހުންގެ އަދަދު މިވަނީ މިލިއަނަށް އަރާފަ އެވެ. އަދި މިއާއެކު އުރީދޫން މިހާރު ތައްޔާރުވަނީ އިތުރު ސްޓިކާތަކެއް ނެރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.