ވިޔަފާރި

ކަންމަތީ ފިހާރަތަކުގެ ވިޔަފާރި 55 ޕަސެންޓް އިތުރުވެއްޖެ

Feb 21, 2015

ރާއްޖޭގެ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރި މިދިޔަ އަހަރު 55 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓާ (ފަހު ތިން މަހު) ގެ ވިޔަފާރީގެ ދިރާސާއިން ދައްކާ ގޮތުން ކަންމަތީ ފިހާރަތަކުގެ ވިޔަފާރި އާއި ގަނޑުކޮށް މުދާ ވިއްކުމުގެ ވިޔަފާރި 2013 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އާއި އަޅާ ބަލާއިރު ވަނީ 55 ޕަސެންޓް އިތުރުވެފައިވީ ނަމަވެސް، މުދަލުގެ އަގުތައް ވަނީ މައިގަނޑު ގޮތެއްގައި އިތުރުވެފަ އެވެ. މި ދިރާސާގައި ބުނެފައިވާ ގޮތުން މި އަހަރު ވެސް ވިޔަފާރި އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ޓޫރިޒަމް ސިނާއަތެވެ. ޓޫރިޒަމް ދާއިރާވަނީ 43 ޕަސެންޓް އިތުރުވެފަ އެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާ ވެސް ވަނ 43 ޕަސެންޓް އިތުރުވެގެން ގޮސްފަ އެވެ.