އެމްޓީސީސީ

ސުޒުކީ ފޯރީގެ ނަސީބުވެރިޔާ ހޮވައިފި

Aug 13, 2016

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ސުޒުކީ ފޯރި ޕްރޮމޯޝަން"ގެ ނަސީބުވެރިޔާ ހޮވައިފި އެވެ. މި އިނާމު ލިބިފައިވަނީ ފޯކައިދޫ، ހިިތިލާގޭ، އަލީ ވަހީދަށެވެ.

"ސުޒުކީ ރޯދަ ޕްރޮމޯޝަން" ކުރިއަށް ގެންގޮސްފައިވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނިން ވިއްކާފައިވަނީ 2.5 ހޯސްޕަވަރާއި 300 ހޯސްޕަވަރާ ދެމެދުގެ ސުޒުކީ އިންޖީނެވެ. މި އިންޖީނުތަކުން ހާއްސަ ޑިސްކައުންޓެއްވެސް ދީފައިވެ އެވެ.

ސުޒުކީ ރޯދަ ޕްރޮމޯޝަންގެ ގުރުއަތު ނެގުމަށް އެމްޓީސީސީ ކަށަވަރު ޝޯވް ރޫމުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ އެ ކުންފުނިން ވިއްކާ އައުޓްބޯޑް އިންޖީނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"ސުޒުކީ އައުޓްބޯޑް އިންޖީނު މިހާރު މިވަނީ މާކެޓުގެ ލީޑް ނަގާފައި. މި އިންޖީނަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދޭ،" ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީން ސުޒުކީ އައުޓްބޯޑް އިންޖީނު ރާއްޖޭގައި ވިއްކާތާ ނުވަ އަހަރު ވަނީވެފަ އެވެ. މި އިންޖީނުގެ އިތުރުން ޔަންމާ އިންޖީނުވެސް ވިއްކަނީ އެމްޓީސީސީނެވެ.