ވެމްކޯ

ސިނާއީ އަވަށުގައި ކުނި މެނޭޖް ކުރަން ވެމްކޯ ތައްޔާރުވެއްޖެ

Aug 13, 2016
ވެމްކޯ، ރ. ވަންދޫ ކުނި މެނޭޖް ސެންޓަރުގައި ރިސައިކަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ: ސިނާއީ އަވަށުގެ ކަލެކްޓިވް ސާވިސްގެ މަސައްކަތް ފަށަން ވަނީ ތައްޔާރުވެފައި -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

މާލޭގެ ސިނާއީ އަވަށުގައި ކަލެކްޓިވް ސާވިސް އެއްގެ ގޮތުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ފަށަން ވޭސްޓް މެނޭޖްމެންޓް ކޯޕަޜޭޝަން (ވެމްކޯ) އިން ތައްޔާރުވެއްޖެ އެވެ.

ވެމްކޯގެ ފެސިލިޓީޒް މެނޭޖާ އިސްމާއިލް އުބައިދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މަސައްކަތް ސިނާއީ އަވަށުގައި ފަށަން ތައްޔާރުވެފައިވާ ކަމަށާއި މަސައްކަތް ފަށައިގަނެވުމުން ސިނާއީ އަވަށުގައި ޓްރާންސްފާ ސްޓޭޝަނެއް ގާއިމްކޮށް މާލޭގެ ހުރިާ ކުންޏެއް ކޮމްޕްރެސްކޮށް ކޮންޓޭނާ ތަކުގައި ތިލަފުއްޓަށް ބަދަލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކަލެކްޓިވް ސާވިސްގެ މަސައްކަތް ހިނގައިގަތުމުން ކުނި ތިލަފުއްޓަށް ގެންގޮސް މިހާރު ހަދާ ގޮތަށް ސީދާ ހާމައަށް އެންދުމުގެ ބަދަލުގައި އަންދައި ނައްތާލާނީ އިންސިނިރޭޓާ ބޭނުންކޮށްގެން ކޮންމެހެން އަންދަންޖެހޭ ކުނި ކަމަށެވެ. ޖަމާ ކުރެވޭ އެހެނިހެން ހުރިހާ ކުނި ނައްތާލުމުގެ މަސައްކަތް ކުރާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ސިނާއީ އަވަށުގައި ވޭސްޓް ކަލެކްޓިވް ސާވިސް ފަށަން ނިންމާފައިވާއިރު މާލޭގެ ކުނި މެނޭޖްކުރުމަށް މާދަމާ އާ ހިދުމަތެއް "ކޯލް އެންޑް ޕިކް އަޕް ސާވިސް" ގެ ގޮތުގައި ފަށާނެ އެވެ. މި ހިދުމަތުގައި ހެޔޮ އަގެއްގައި ގޭގެއިން ކުނިތައް އުކާލައި ދޭނެ އެވެ. ވެމްކޯ އިން ބުނީ އަމިއްލަ ފަރާތްތަކުން މިހާރު ކުނި އުކާލައި އަގަށްވުރެ ބޮޑު ތަނުން އަގު ހެޔޮކޮށްފައިވާއިރު ކުނި އުކާލައި ދޭނީ ރައްކާތެރިކަމާއެކު ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345