ވައްކަން

ފިހާރައެއް ފާޅާލި މީހަކު އަތުލައި ފުލުހުންނާ ހަވާލުކޮށްފި

Aug 20, 2016

ގދ. ފަރެސްމާތޮޑާގެ ފިހާރައަކުން ވައްކަން ކުރި މީހަކު، އެ ރަށުގެ އާންމުންގެ އެހީތެރިކަމާއެކު އަތުލައިގެންފި އެވެ.

އެ މީހާ އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރީ މިދިއަ ބުދަ ދުވަހު މެންދުރު ފަހު ފިހާރައަށްވަދެ އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާތަކެއް ވަގަށް ނަގައިގެން ނުކުންނަން އުޅެނިކޮށް އެވަގުތު އެ ފިހާރަ ކައިރީގައި ތިބި އާއްމުންގެ ބައެކެވެ.

އެ މީހާ ހުއްޓުވުމާއެކު އޭނާގެ އަތުގައި އެވަގުތު ހުރި 2900 އަށްވުރެ ގިނަ ރުފިޔާތައް ވަނީ ބިންމައްޗަށް އުކާލާފަ އެވެ. އޭނާގެ ބަންދަށް 15 ދުވަސް ޖަހައި މިހާރު ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.