ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް

ތިލަފުށީ ފަޅު ހިއްކައިދޭނެ ބަޔަކު ހޯދަން ބީލަމަށްލައިފި

Aug 21, 2016
ތިލަފުށީގައި ސިނާއީ މަސައްކަތްތަކެއް ކުރަނީ --
0%
0%
0%

ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުގެ ފަޅުން ބިން ހިއްކައި އެއާ ގުޅޭ އިތުރު ދެ މަސައްކަތެއް ކުރާނެ ފަރާތެއް ހޯދަން ތިލަފުށީ ކޯޕަރޭޝަން ލިމިޓަޑް (ޓީއެލްސީ) އިން މިއަދު އިއުލާންކޮށްފި އެވެ. ހިއްކަނީ ކިހާ ބޮޑު މިިނެއްގެ ބިމެއް ކަމެއް ބުނެފައެއް ނުވެއެވެ.

ޓީއެލްސީއިން ކުރި އިއުލާނުގައި ބުނެފައި ވަނީ ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެ ރަށުގެ ފަޅު ހިއްކުމާއި، ޝޯ ޕްރޮޓެކްޝަން އަދި ޝީޓްޕައިލް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުރަން ޝައުގުވެރިވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހު ހަތެއްގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. ބިޑު ހުޅުވުން އޮންނާނީ ވެސް އެދުވަހު އެވެ.

ޓީއެލްސީއިން ބުނިގޮތުގައި ކޮންމެ ފަރާތަކަށް ވެސް ހުށަހެޅީނީ އެއް ޕްރޮޕޯސަލެވެ. އަދި އެ ޕްރޮޕޯޒަލްގެ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ކުނި އަޅައިގެން ހިއްކާފައިވާ ތިލަފުށީގެ މި ޕްރޮޖެކްޓްގެ ޕްރީ ބިޑް މީޓިން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345