ހަބަރު

ޒީރޯ ޑިގްރީ ނާޝިދުގެ ޓްރިބިއުޓް ޝޯއަށް އެސްޓީއޯގެ އެހީ

Aug 22, 2016

މަޝްހޫރު މިއުޒިކު ލެޖެންޑު "ޒީރޯ ޑިގްރީ އެޓޯލް" ގެ ލަވަކިޔުންތެރިޔާ އަހްމަދު ނާޝިދު (ފްލޫ ނާޝިދު) އަށް ޓްރިބިއުޓް ދިނުމަށް ބާއްވާ ޝޯއަށް އެސްޓީއޯ އިން ދީލަތި އެހީއެއް ދީފި އެވެ.

"އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯވް ގެ ނަމުގައި އަންނަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ބާއްވާ މި ޝޯގެ މެއިން ސްޕޮންސަރުކަން އެސްޓީއޯއިން ވަނީ ނަގާފަ އެވެ. މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން މިއަދު ސޮއިކުރެއްވީ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިހާދެވެ. އަދި މި ޝޯވް އިންތިޒާމުކުރާ "މިސްކް" މަޖައްލާގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ރިއާޔަތު އަބްދުލް މަޖީދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެސްޓީއޯގެ ސީއެފްއޯ ނިހާދު ވިދާޅުވީ އެ ކުންފުނިން މެއިން ސްޕޮންސަރުކަން ނެގީ ނާޝިދަކީ ރާއްޖެއަށް މިއުޒިކީ ރޮނގުން ގިނަ ހިދުމަތަތެއް ކޮށްފައިވާ ހުނަރުވެރިއަކަށްވާތީ ކަމަށެވެ.

އޮލިމްޕަހުގައި ބާއްވާ އަ ޓްރިބިއުޓް ޓު ނާޝިދު ޝޯވްގައި ރާއްޖޭގެ މަޝްހޫރު ބޭންޑްތަކުންނާއި ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެ އެވެ.