ބޭރު ކުޅިވަރު

ރޯމާ ކަޓައި ސެލްޓިކާއި ޕޯޓޯ ޗެމްޕިއަންސް ލީގަށް

އިޓަލީގެ މަޝްހޫރު ކުލަބު ރޯމާ ކަޓައި ޕޯޗުގަލްގެ ޕޯޓޯ އާއި ސްކޮޓްލޭންޑްގެ ސެލްޓިކް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތުން ރޯމާ ކެޓީ ޕްލޭއޯފްގެ ފަހު މެޗުގައި ރޭ އަމިއްލަ ދަނޑުގައި 3-0އޮން ޕޯޓޯ އަތުން ބަލިވުމުންނެވެ. މި ދެ ޓީމު ޕޯޗުގަލްގައި ކުޅުނު މެޗު 1-1އިން އެއްވަރުވެފައިވާތީވެ މި މެޗަށް ނުކުތްއިރު ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އޮތީ ރޯމާ އަށެވެ.

މި މެޗުގައި ރޯމާ އަށް މޮޅުވާން އެންމެ ބޮޑަށް ކުރިމަތިވި މައްސަލައަކީ ޑެނިއަލް ޑީރޮސީ އާއި އެމަސަން އަށް ހާފްޓައިމްގައި ރަތްކާޑު ދެއްކުމެެވެ.

ރޯމާ އަކީ އިޓަލީ އަށް ޗެމްޕިއަންސް ލީގުން ލިބޭ ޕްލޭއޯފް ޖާގައަސް ވާދަކޮށް ޖެހިޖެހިގެން ތިން ވަނަ އަހަރު ކެޓި އިޓަލީގެ ތިން ވަނަ ޓީމެވެ. މިހެންވުމުން މި އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅޭނީ ޔުވެންޓަސް އާއި ނަޕޯލީ އެވެ.

ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ކޯޗުކޮށްދޭ ސްލެޓިކް ޗެމްޕިއަންސް ލީގަސް ކޮލިފައިވީ އިޒްރޭލްގެ ހަޕޮއެލްއާ ވާދަކޮށް ރޭ 2-0އިން ބަލިވެފައިވަނިކޮށެވެ. ނަމަވެސް ސްކޮޓްލޭންޑްގައި ކުޅުނު މެޗު 5-0އިން ކާމިޔާބުކޮށްފައިވާތީވެ ދެ މެޗުގެ އެގްރީގޭޒް ނަތީޖާއިން ކުރި ލިބުނީ 5-2އިން ސެލްޓިކަށެވެ. މިއީ މިދިޔަ ތިން އަހަރުތެރޭގައި އެ ޓީމު ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ ފަހަރެވެ.