ބޭރު ކުޅިވަރު

މެސީއާ އާއި ރޮނާލްޑޯއާ ވާދަކުރަން ބޭނުން: ގްރިއެޒްމަން

Aug 24, 2016
1

ޔޫރަޕްގެ އެންމެ ބޮޑު ދެ ފައިނަލުން ފްރާންސާއި އެތުލެޓިކޯ މެޑްރިޑްގެ އެންޓޯނިއޯ ގްރޮއެޒްމަން ނާކާމިޔާބު ވިޔަސް، އޭނާގެ އަޒުމު ބައްޔެއް ނުވެއެވެ.

އޭނާގެ އަމާޒު ހުރީ އެތުލެޓިކޯ މެޑްރިޑާ ވާދަވެރި ދެ ކުލަބު ކަމަށްވާ ވާދަވެރި ބާސެލޯނާގެ، ލިޔޮނަލް މެސީ އާއި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާދަ ކުރުމަށެވެ.

"އަހަރެން ބޭނުމީ އެމީހުން [މެސީ އާއި ރޮނާލްޑޯ] އާ އެއްތަށި މަތިން ކާން. އަހަރެން ބޭނުމީ އަހަންނަށްވީ އެންމެ ބޮޑުމިނަކަށް އެ ކުޅުންތެރިނާ އެއް ލެވަލަކަށް ދާން މަސައްކަތް ކުރަން އަދި ގިނަ ތަށިތަކެއް ހޯދަން،" ދަ ގާޑިއަން އަށް ދިން އިންޓަވިއުގައި ގްރިއެޒްމަން ބުންޏެވެ. "

މިސީޒަންގައި އެތުލެޓިކޯ ކުޅުނު ފުތަމަ މެޗްގައި ސަސްޕެންޝަންގެ ސަބަބުން ގްރިއެޒުމަން ކުޅެފައެއް ނުވެއެވެ. އޭނާ ބުނީ އެތުލެޓިކޯ އަކީ އޭނާ ބޭނުންވާ ހުރިހާ ތައްޓެއް ހޯދުމުގެ ފެންވަރު ހުރި ކުލަބެއް ކަމަށެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އެތުލެޓިކޯ މެޑްރިޑަކީ ހުރިހާ މުބާރާތެއް ކާމޔާބު ކުރުމުގެ ފެބްވަރު ހުރި ކުލަބެއް. އަދި އެތުލެޓިކޯއާ އެކު އަހަރެން ބޭނުން ގިނަ ތަށިތަކެއް ހޯދަން،" ގްރިއެޒުމަން ބުންޏެވެ.

އޭނާ ބުނީ މިސީޒަންގެ ސްޕެނިޝް ލަލީގާ އާއި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަކީ އެތުލެޓިކޯގެ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެކަމަށްޓަކައި ޓީމުން ބުރަކޮށް މަސައްކަ ކުރާނެ ކަމަށެވެ.