މަސްތުވާތަކެތި

މަސްތުވާތަކެތި ހިފައިގެން އައްޑުއަށްދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

Aug 25, 2016
1

މަސްތުވާތަކެތި ހިފައިގެން އައްޑޫއަށް ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރި އެ މީހާއަކީ ބަންގްލަދޭޝްގެ މީހެކެވެ.

އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ މަރަދޫ ފޭދޫ ބަނދަރުން މި މަހުގެ 21ގައި ކަމަށާއި އޭނާ ފާސް ކުރިއިރު ޖީބުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ބްލެޓް ފެނުނެވެ.

ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެމީހާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.