އަންނަ ނޮވްމެބަރު މަހުގެ އަށް ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ވުރެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަންއަށް ތާއީދު ބޮޑުކަމަށް ދައްކައިފި އެވެ.
މިދިޔަ ހޯމަ ދުވާހައި ބުރާސްފަތި ދުވަހާ ދެމެދު ނެގި ހިޔާލު ހޯދުމުގެ ޕޯލްތަކުގެ ނަތީޖާއިން ހިލަރީ އަށް ކުރި ލިބިވަޑައިގަންނަވަނީ ޓްރަމްޕަށް ވުރެ އިތުރަށް ފަސް ޕަސްޓް ލިބި ވަޑައިގެންނެވެ.
އެގޮތުން ހިޔާލު ހޯދުމުގެ ޕޯލްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ޕަސަންޓް މީހުން ހިލަރީއަށް ވޯޓް ދޭއިރު، ޓްރަމްޕަށް ތާއިދު ކުރަނީ 36 ޕަސަންޓް މީހުންނެވެ. އަދި އަނެއް 23 ޕަސަންޓް މީހުން ވަކި ކެންޑިޑޭޓަކު އިހްތިޔާރު ނުކުރެ އެވެ.
ޖުލައި މަހުން ފެށިގެން ހިލަރީއަށް ތާއީދު އޮތީ 41 އާއި 45 ޕަސަންޓާ ދެމެދުގަ އެވެ. މިމަހު ޓްރަމްޕަށް އެންމެ މައްޗަވެސް ލިބި ވަޑައިގަންނަވަނީ 12 ޕަސަންޓްގެ ކުރިއެރުމެކެވެ.
ރޮއިޓަސް އާއި އައޮއޮޕީސޮސް ގުޅިގެން ނެގި ހިޔާލު ހޯދުމުގެ ވޯޓްތަކުން ހިލަރީއާ ޓްރަމްޕާ ދެމެދު އުޅެނީ ތިން ޕަސަންޓްގެ ތާފާތެކެވެ. ހިލަރީއަށް 39 ޕަސަންޓް ލިބި ވަޑައިގަންނަވާއިރު ޓްރަމްޕަށް ލިބި ވަޑައިގަންނަވަނީ 36 ޕަސަންޓެވެ.