މިއުޒިކް

ޑީޓިއުންގެ އައްޗި ޗީޗީ: އައްޗީޑި ދިވެހި ލަވަތަކަށް ނިމުން ގެނެސްފި!

Aug 28, 2016
11

މި ވީޑިއޯ ލަވައެއްގެ ޓީޒާއެއް ދައްކަން ފެށި ހިސާބުން ވެސް މިއީ ތަފާތެއް ގެނުވާނެ ލަވައެއްކަން އެތައް ބަޔަކަށް ލަފާކުރެވިއްޖެ އެވެ. މަގްބޫލު ބޭންޑް ޑީޓިއުންގެ ލަވައަކަށް ލަވަވުމާއި، މި ލަވައެއްގެ ވީޑިއޯ ޕްރޮޑަކްޝަނަކީ އެފަދަ މަސައްކަތަށް ކުޅަދާނަ ޗޮޕާޓުގެ އުފެއްދުމެއްކަން އެނގުނު ހިސާބުން ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް، "އައްޗީ ޗީޗީ" ގެ އިންތިޒާރަށް ވަނީ ރޭ ދަންވަރު ނިމުން އައިސްފަ އެވެ. ޑީޓިއުންގެ މި ލަވައެއް ރޭ ލޯންޗުކޮށް އާންމުންގެ އުނގަށް ދޫކޮށްލާފައިވާއިރު އެންމެން ވެސް ބުނަމުން ދަނީ މިއީ އައްޗީޑި ދިވެހި ލަވަތަކަށް ނިމުން ގެނެސްދިން ވީޑިއޯ ލަވައެއް ކަމަށެވެ.

މިހުސޯ އަބްދުއްސައްތާރާއި އޭނާގެ ޗޮޕާޓް ޓީމުގެ މަސައްކަތަށް ހަގީގަތުގައި ވެސް ތައުރީފު ހައްގެވެ.

ދެން މި އޮތީ އެ ވީޑިއޯ ލަވަ އެވެ. ވީޑިއޯ ލަވަ އެކަންޏެއް ނޫނެވެ. ލަވަ ލޯންޗުކުރުމަށް ރޭ ބޭއްވި ހާއްސަ އިވެންޓުގެ ފޮޓޯ ގެލަރީއެއް ވެސް އަވަސް އިން ފެންނާނެ އެވެ.