ހަބަރު

ސައުންޑްސް އޮފް މޯލްޑިވްސް މިފަހަރު ބެންކޮކަށް

Aug 29, 2016
  • ޝޯވް އޮތީ ޑިސެމްބަރު މަހު
  • ދެ ދުވަހަށް ރޯޑްޝޯ އޮންނާނެ
  • މިއުޒީ ޝަނުންނަށް އީދެއް

"ސައުންޑްސް އޮފް މޯލްޑިވްސް" އަކީ ރާއްޖޭގެ ލޯކަލް މިއުޒީޝަނުން ރާއްޖޭގެ އަސްދަނޑިން ބޭރުކުރި ހަރަކާތެވެ. ސިލްސިލާ ޝޯވްތަކެއްގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ޝޯވްތައް ބޭއްވި އެވެ. ނަމަވެސް މި އަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސް މުޅިން ތަފާތެވެ. މި އަހަރުގެ ޝޯވް މި ބާއްވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ބަޔަކާއެކުގައި ބެންކޮކްގައި ރޯޑްޝޯވްއަކާއެކުގަ އެވެ.

"ހައިރައިޒް" އިން އިންތިޒާމުކޮށްގެން ބާއްވާ ސައުޑްސް އޮފް މޯލްޑިވްސް މި އަހަރުގެ ޑިސެމްބަރު މަހު ބެންކޮކްގަ އެވެ. މި ހަރަކާތް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ވެގެންދާނެ ހަރަކާތެއްގެ ގޮތުގައި ކަމަށް ހައިރައިޒްއިން ބުނެ އެވެ.

"މި އަހަރުގެ ޝޯވް އޮންނާނީ ދެ ދުވަހަށް. ޝޯވް އޮންނާނީ ރޯޑްޝޯއަކާއެކު. މި ރޯޑްޝޯވްގައި ޓޫރިޒަމް ޕްރޮމޯޝަންގެ އިތުރު ލޯކަލް ޓެލެންޓް ޕްރޮމޯޓް ކުރުމުގެ ބައެއްވެސް ހިމެނޭ،" ހައިރައިޒްއިން ބުނެފައިވެ އެވެ.

ޝޯ ބޭއްވި ތަންތަން

  • ކުޑަ ބަނޑޮސް
  • މާލެ
  • ސްރީލަންކާގެ ކޮލަމްބޯ
  • މެލޭޝާގެ ކުއަލަމްޕޫރު
  • އިންޑިޔާގެ ބެންގަލޫރު
  • ދުބާއީ

"ސައުންޑްސް އޮފް މޯލްޑިވްސް"ގެ މި ޝޯއަކީ މިގޮތަށް ބާއްވާ ހަވަނަ ޝޯވް އެވެ. އެވެ. މި ޝޯވް ބާއްވަމުން އަންނަތާ 6 އަހަރު ވެފައިވާއިރު، މި ޝޯވްތަކުގެ ސަބަބުން ދިވެހި މިއުޒީޝަނުންނަށް ބައިނަލްއަގުވާމީ ޕްލެޓް ފޯމްތައް ހުޅުވިގެން ގޮސްފައިވެ އެވެ.