ވައްކަން

ކޭޝް ކާޑެއް ވަގަށް ނަގައި ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަން ފަށައިފި

Aug 29, 2016

ގދ. ތިނަދޫ ގެއަކުން ކޭޝް ކާޑެއް ވަގަށް ނަގައިއެކާޑު ބޭނުންކޮށްގެން އޭޓީއެމުން ފައިސާތަކެއް ނެގި ކަމުގެ ތުހުމަތަށް މީހަކު ހޯދަން ފަށައިިއެވެ. ފުލުހުން ވަނީ އެމީހާގެ ފޮޓޯ އާއި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

ފުލުހުން ބުނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރާ އެ މައްސަލައަށް ތުހުމަތުވާ، ފޮޓޯ އަދި ވީޑިއޯގައިވާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށެވެ.